އަށް މަހުގެ ތުއްތު ކުއްޖާ ރޭޕްކޮށް މަރާލި މީހާ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔަ މަގުމަތީގައި އާއްމުންގެ ބަޔަކު ވެގެން ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފިއެވެ.

އިއްޔެ ވަގުތެއްގައި ކޯޓަށް މުއްދަތު ޖަހަން ގެންދިޔަ އޭނާ ކޯޓަށް ވަންނަން ދިޔަ މަގުމަތީވެސް އޭނާ އަށް ހަމަލާ ދިނެވެ. އަދި ކޯޓުން ނުކުމެގެން ފުލުހުންނާއެކު ދިޔައިރުވެސް އޭނާގެ ގައިގާ އާއްމުން ވަނީ ވަރަށް ގަދައަށް ތަޅާލާފައެވެ.

"އަހަރުމެންނަށް ވަރަށް އުނދަގޫވި އެ ކުށްވެރިޔާ ކޯޓަށް ގެންދަން. އެ ހިސާބުގަނޑުގައި ތިބި ގިނަ މީހުން ވަނީ އަތުންނާއި އެކި އެއްޗެހި ބޭނުންކޮށްގެން އޭނާގެ ގައިގާ ތަޅާލާފައި. ކޯޓުން ނުކުމެ އެނބުރި ދިޔައިރުވެސް އެވަރު ވި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، ބައެއް އަންހެނުން ވަނީ ފައިވާން ކިބަ ހިފައިގެން އެ މީހާގެ ގައިގާ ތެޅުމަށް ހަރަކާތްތެރިވެފައެވެ.

އަވައްޓެރި އިންޑިއާގައި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ތުއްތު ކުއްޖާ ރޭޕްކޮށްފައި ވަނީ މައިންބަފައިންނާއެކު ނިދާފައި އޮއްވާ ކޮނޑުމައްޗަށް ލައިގެން ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި އިމާރާތަކަށް ގެންގޮސްގެންނެވެ.

މި ކުއްޖާ މަރާލާ ތަން ވަރަށް ރީތިކޮށް ސީސީޓީވީ ފޫޓޭޖުން ފެނެއެވެ. މަރާލާފައި އޮތް މި ކުއްޖާ ފެނިފައި ވަނީ މި ކުއްޖާ މަރާލި ހިސާބުގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ މީހަކަށެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ކުއްޖާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ. ބެލެވޭގޮތުގައި، އެ ކުއްޖާ ރޭޕް ކުރުމަށްފަހު ބިންމައްޗަށް އެއްލާލީއެވެ.

ހަމަ އެ ދުވަހު މި މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ

    ޔާﷲ އޭނާޔަށް ހައްގު އަދަބު ދެއްވަވާނދޭވެ. އާމީން

  2. ޟަރަފް

    އަޅެހެޔޮނުވާނެދޯކަލެންނެކީއްވެތައެއްވެސްކުޝެއްނެތް ތުއްތުކުދިންމަރާބޮދެތިއަނިޔާވެރިންނުމަރާދުނިޔޭގަބައިތިއްބަނީ މަރަންވީހަމަ

  3. އައިޝާ

    ސުބުހާނަﷲ. އަޅެ ހަމަ އިންސާނެއްތަ އެއީ..... ވަރަށް ވަރަށް ދެރަވެއްޖެ.

  4. މޯޑު

    ކިލް ހިމް ނައު !!