ކޮވިޑް-19 އިޓަލީވިލާތުގައި ފެތުރެމުންދާ މިންވަަރު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުގައި ވަނީ ކޮވިޑް-19 ޖެހިގެން 133 މީހަކު މަރުވެފައެވެ. އެހެންކަމުން ބަލި ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 366 އަށް އަރާފައެވެ.
މިއަދު އިތުރަށް 1542 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އިޓަލީވިލާތުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު 7375 އަށް އަރައިފި ކަމަށެވެ.
މިހާތަނަށް 622 މީހަކު ވަނީ އިޓަލީވިލާތުގައި ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން މިހާރު ބަލި ޖެހިފައި އިޓަލީވިލާތުގައި ތިބީ 6387 މީހުންނެވެ.
މިހާރު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މުޅި ދުނިޔެ އިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ އިޓަލީވިލާތުންނެވެ.
އިޓަލީވިލާތުގެ އިދާރާތަކުން ބުނާ ގޮތުގައި އެގައުމުގައި ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ތިބީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.
ޗައިނާ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުގެ ސަރަހައްދުތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ލޮމްބާޑީންނެވެ.
ބަލި ޖެހިފައިވާ މީހުންގެ ނިސްބަތައް ބަލާއިރު ޗައިނާ އަށް ވުރެ މީހުން މަރުވާ ނިސްބަތްވެސް އިޓަލީވިލާތުގައި މައްޗެވެ. އިޓަލީވިލާތުގައި މީހުން މަރުވާ ރޭޓް އުޅެނީ 3.8 އިންސައްތައިގައެވެ.
އިޓަލީވިލާތުގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެގަމުގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ކަރަންޓީން ކޮށްފައިވާ ސަރަހައްދުތަކުގައި ހުންނަ ސިނަމާތަކާއި، މިއުޒިއަމްތަކާއި، ތިއޭޓަރުތަކާއި، ޖިމްތަކާއި ސްވިމިންޕޫލްތަކާއި ސްކީ ރިސޯޓްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އެސަރަހައްދުތަކުގައި އާއްމުން ބައިވެރިވާ އެއްވެސް ހަރަކާތެއް ބޭއްވުމާއި ކުޅިވަރު ހަރަކާތްތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.
އިޓަލީ މީހުން ތިބި ރިސޯޓްތައް ބަލާ ކަރަންޓީން ކުރޭ . ހެޔޮނުވާނެ ސޯލިޙް ރައީސް. ކޮބާ ލާދީނި ނަޝީދު ގަދަބަސް ބުނެފަ. ރަޖާލާކަށް ނޫޅެމޭ ބުނެ . މީނަމިކަމުގެ ޒިންމާނަގާ
ސީރިޔާއިން ކޮވިޑް 19 ފެނުނު ވާހަކަ ވެސް ލިޔެލަބަލަ.