ކޮވިޑް-19 ފެތުރެމުންދާތީ ސައުދީ އަރަބިއްޔާގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީއެއް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކުރަން ނިންމީ ދަރިވަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފިޔަވަޅު އަޅަން ސިއްހަތާއި ބެހޭ އިދާރަތަކުން އިލްތިމާސް ކުރުމުން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީގެ މިނިންމުމާއި އެކު ތައުލީމް ފޯރުކޮށްދޭ ސަރުކާރުގެ ހުރިހާތަނަކާއި އަމިއްލަ ހުރިހާތަނެއް ބަންދުވާނެއެވެ. އޭގެތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރޭނިން ފޯރުކޮށްދޭ ތަންތަން ވެސް ހިމެނޭނެއެވެ.

"ވާޗުއަލްކޮށް ކުދިންނަށް ކިޔަވައިދޭވޭނެ ގޮތްތަކާއި ތައުލީމްދޭ މަރުކަޒަށް ހާޒިރުނުވެ، ކުދިންނަށް ކިޔަވައި ދެވޭނެ ގޮތްތަކަށް މިދުވަސްވަރު އަމަލުކޮށް، ތައުލީމް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ." ސައުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މިހާތަނަށް ސައުދީ އަރަބިއްޔާގެ އެއްވެސް ތައުލީމީ މަރުކަޒަކުން ކޮވިޑް-19 ފެނިފައެއް ނުވެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އުމްރާ އަށް މީހުން ދަތުރުކުރުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ޓްއަރިސްޓް ވިސާ ދޫކުރުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެއްސެއް ވީމަ ބުނަމޭ

    ރާއްޖޭގެ ސްކޫލްތަކާ ކޮލެޖްތައްވެސް ބަންދު ކޮށްބަލަ މިރާއްޖޭގައި ބަންދު ކުރަންޖެހެނީ ހަމައެކަނި މިސްކިތް ތައް އެކަންޏޯ މީ ދެން ކޮވިޑް 19 އަށްވުރެވެސް ނުރައްކާ ގޮވެލި ފައްޗެއް ހުރެބަލަ ސްޓަޑީބްރޭކަށް ފަހު ބިދޭސީ ޓިޗަރުންތައް ޗުއްޓީ ހަދާލާފައި އެނބުރި ރާއްޖެ އަންނާނެ އިންޑިއާގައިވެސް ހެސްކިޔާފަ ތި ވައިރަސް އެބައޮތް އެވާހަކަތައް ނުދައްކަނީ ކީއްވެ ހަމައެކަނި ނުރައްކާ ތަނަކަށް ފެންނަނީ މިސްކިތް ތަ

  2. ދިވެއްސެއް