ހަލުވިކަމާއެކު މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިގެން އިތުރު 43 މީހަކު މަރުވެއްޖެއެވެ.

އީރާނުން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިގެން ޖުމްލަ 237 މީހުން މަރުވެފައެވެ. މިއަދު އެކަނިވެސް އެޤައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 69 އަށް އަރައެވެ.

ކޮވިޑް-19 ގައި މިހާތަނަށް މުޅި ދުނިޔެއިން ވަނީ 3،874 މީހުން މަރުވެފައެވެ.

ހަލުވިކަމާއެކު މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވަމުން ދާއިރު، އީރާނަކީ މުޅި ދުނިޔެއިންވެސް ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ޤައުމެވެ.

އީރާނުން މިހާތަނަށް މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރޭގައި އެޤައުމުގެ މިނިސްޓަރަކާއި ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ އެނޫންވެސް ބައެއް އިސް އޮފިޝަލުން ހިމެނެއެވެ.

އީރާނަކީ ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެ، އެންމެ ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާ އެއް ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަސީމް

    އެ މަރިކާ އަޑީގައޮވެގެން ކުޅުނު ކުޅިވަރެއްތީ ބަލަން ހުންނާތި ޗައިނާ އާއި އީރާނުގެ ބާރުގަދަ ރިވޮލިއުޟަނަރީ ގާޑުން ތިކަ މުގެ ވޭން ހުރި ރައްދެއް އެ މަރިކާ މައްޗައް ހިފާނެ