ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކު އަދިވެސް ހުރީ ކުރެއްދޫ ރިސޯޓްގައި ކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮވިޑް-19 އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވީ ކުރެއްދޫގެ ދެ މުވައްޒަފެކެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ކުރެއްދޫ ހެލްތު ސެންޓަރުގެ ޑޮކްޓަރާއި، އެރަށުގެ ޑައިވިން ސެންޓަރުގެ އިސް މުވައްޒަފެކެވެ.

އޭގެތެރެއިން ޑައިވިން ސެންޓަރުގެ އިސް މުވައްޒަފު އަދިވެސް ހުރީ ކުރެއްދޫގައެވެ. ނަމަވެސް ޑޮކްޓަރު ވަނީ ފަރުކޮޅުފުއްޓަށް ގެނެސް ކަރަންޓީން ކޮށްފައެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައި ވަނީ ކުރެއްދޫ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.

ކުރެއްދޫގައި ކޮވިޑް-19 ޖެހިފައި ހުރި މީހަކު ބަހައްޓާފައި ހުރިއިރު ކުރެއްދޫގައި ކޮވިޑް-19 އަށް ޝައްކުކުރެވުނު މީހާގެ މަޢްލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެމައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަޙްޤީޤެއް ހިންގުމަށް، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ މިރޭ އަމުރު ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕިސްޕިސް

    ދެއިރު ދެޅަޔަށް އަރާ ނޫސްވެރިންނާ ބައްދަލްކޮށް މިކިޔާލަވަ އެބަ ދިމާ ވޭތަ؟

    54
  2. ޕިސް

    ކީކޭބާ މިކިޔަނީ....

    42
    1
  3. ާއަހުމަދު

    އެމީހާ ހުރީ ކުރެއްދޫ ސިއްހީމަރުކަޒުގައި

    36
  4. ސްޓަރ

    ސަރުކާރުން ކޮވިޑް19ގެ މަޢްލޫމާތު ރައްޔިތުންނަށްހާމަކުރުމުގައި ބޮޑުތަނުން އިހުމާލުވެއްޖެކަން މިހާރު ރައްޔިތުންނަށްހާމަވެއްޖެ. ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެ. ސަރުކާރު ޖަވާބުދާރީނުވާނަމަ ރައްޔިތުންނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭކަމަށްދެކެން.

    13
    2
  5. މޮޅު

    އެހެންވެދޯ މިގޮވަނީ ކަރަންޓީން ކުރަންވާނީ ހެލްތުސެންޓަރުގައޭ

    14
  6. ވިސްނާ

    ގައުމުގެހުރިހާރަށްޔިތުންނަށްވެސް އަސަރުކުރާފަދަ މިފަދަނުރައްކާތެރިކަމެއްގައި އެކަށީގެންވާ
    ފިޔަވަޅުއަޅުއްވާ އޮޅުވާނުލެއްވުމަކީ ރަށްޔިތުންގެއިތުބާރުލިބޭނެކަމެއް ހަމައެފަދައިން އެކަށީގެންވާ
    ފިޔަވަޅުނާޅުއްވާ ކަމުގެޙަގީގަތް އޮޅުވާލައްވާނަމަ ރަށްޔިތުންގެ އިތުބާރުގެއްލޭނެކަމަށް ބައްލަވާ

  7. ސަމް

    ސަހަރޯ، އަދިވެސް ބުނާނެ ތިމަންނާމެން ރައްޔިތުންނަކަށް އޮޅުވަޔެއް ނުލަމޭ. އަމީން މެން ނުވިކަމަށް ހަދާފަ ގެޔައްދާން ވެއްޖެ އެއްނު ދޯ؟

    1
    1