އިންޑިއާގެ ކެރަލާ އިން އުމުރުން ތިން އަހަރުގެ ކުޑަކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިހާތަނަށް އިންޑިއާގެ ކެރަލާގައި މި ވައިރަހަށް ކުޑަ ކުއްޖާއާ އެކު އިތުރު ފަސް މީހަކު ވަނީ ފައްސިވެފައެވެ. މިއީ އިންޑިއާގައި ކުޑަ ކުއްޖެއްގެ ގައިން މި ބަލި ފެތުނު ފުރަތަމަ ފަހަރެވެ. އިންޑިއާގައި މި ބަލި ޖެހުނު މީހުންގެ އަަދަދު ވަނީ 62 އަށް އަރައިފައެވެ.

ކެރެލާއިން ފައްސިވި އެ ކުއްޖާއަކީ ދާދި ފަހުން އާއިލާއާ އެކީ އިޓަލީ އަށް ދަތުރުކޮށްފައިވާ ކުއްޖެކެވެ. އެ މީހުން އިޓަލީއަށް ކުރި ދަތުރު ނިންމާލުމަށްފަހު ކޮޗީ އަށް އައީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. ބަލި ޖެހުނުކަން ޔަގީންވުމުން މިހާރު އެ ކުއްޖާވަނީ އެރްނަކުލަމް މެޑިކަލް ކޮލެޖްގައި އައިސޮލޭޓް ކޮށްފައެވެ. އަދި އެ ކުއްޖާގެ މަންމައާއި ބައްޕަ މިވަގުތު ބައްޔަށް އަންނަނީ ޓެސްޓް ކުރެވެމުން ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި މި ބައްޔަކީ އިންސާނާގެ ނޭވާލާ ނިޒާމު އެއްކޮށް ދަތްކޮށްލާ ނުރައްކާތެރި ބައްޔެކެވެ. މި ބަލި އެގައުމުން ފުރަތަމަ ފެނިފައިވަނީ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި ބަލި ފެތުރުނު ގައުމުތަކުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ފައްސި ވެފައިވާއިރު، ބަލީގެ ސަބަބުން 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    546’ޮ

  2. ލޮލް

    ކޮންފައްސި އެއްތަ، ހާދަ ހަޑި ބަހެކޭ. ނެގެޓިވްއޭ ކިޔާބަލަ. ދުވަހަކު އަޑުވެސްނާހާ ފަހުމު ނުވާ ޒާތުގެ ބަސްތަށް އަޝްފުމެން އުފައްދާނެ މޮޅު އެކެޑެމީ އޭ ކިޔާ އިންގިރޭސިތަނެއް އުފައްދައިގެން.

    9
    2
  3. އާއްމު މީހާ

    ފައްސި އާއި ނައްސި ތިޔަ ޖަހަނީ ރައްޔިތުންނަށް އޮޅުވާލަން ނޫޅެ ބަލަ.

    6
    1