މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ތައިލެންޑުން އޮން އެރައިވެލް ވިސާ ދިނުން މެދުކަނޑާލައިފިއެވެ.

އެ ގައުމުން އޮން އެރައިވަލް ވިސާ ދެމުން އަންނަ ހުރިހާ ގައުމަކަށް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލީ މިއަދުއެވެ.

"ދަ ސްޓާ"ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުން 18 ގައުމަކަށް ދެމުން އައި އޮންއެރައިވަލް ވިސާ ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ހުއްޓާލައިފައެވެ.

މި ދުވަސްވަރު އަމަލުކުރުމަށް އެގައުމުން އެކުލަވާލި ވަގުތީ އުސޫލުތަކުގެ ތެރޭގައި ކަނޑައަޅައިފައިވާ ގޮތުން ނަމަ އެއްވެސް ގައުމަކުން ތައިލެންޑަށް ދަތުރުކުރުމުގެ ކުރިން އެގައުމުގައި ހުންނަ އެމްބަސީއަށް ގުޅައި އެކަމުގެ ހުއްދަ ހޯދަން ޖެހެއެވެ.

މި ވަގުތު ހައިރިސްކު ގައުމުތަކުގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ސައުތް ކޮރެއާ އާއި، އިޓަލީވިލާތާއި، ޗައިނާގެ ހޮންގކޮންގ ކަން ފާހަގަކޮށްލެވެެއެވެ.

މީގެ އިތުރުންވެސް އެގައުމުން ވަނީ ދެކުނު ކޮރެއާ، އިޓަލީ އަދި ހޮންކޮން އިން އަންނަ ފަރާތްތަކަށް ދެމުން އަންނަ ވިސާ ވެސް ކެންސަލް ކޮށްފައެވެ.

ވަގުތީ ގޮތުން ވިސާ މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައި ދެން އަލުން އެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާ ދޭނެ ދުވަހެއް އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް އެގައުމުން ވަނީ 59 މީހަކު ޕޮޒިޓިވް ވެފައެވެ. މި ބަލި ޖެހިގެން އެގައުމުން މަރުވެފައިވަނީ އެންމެ މީހެކެވެ.

އެގައުމުން މިހާތަނަށް މި ބައްޔަށް ފަރުވާ ކުރެވި ވަނީ 34 މީހަކު ރަނގަޅުވެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެންފެށި ކޮވިޑް-19 މިހާތަނަށް 100 އަށްވުރެ ގިނަ ގައުމުން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު