ސްރީ ލަންކާ އިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސި (ޕޮޒިޓިވް)އެވެ.

މިހާރު އެ ގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދޭކަށް އަރައިފައެވެ. އެންމެ ފަހުން މި ބައްޔަށް ފައްސިވީ ލަންކާ އަށް އުފަން 52 އަހަރުގެ ފިރިހެނެކެވެ. އެމީހަކީ އިޓަލީގެ ގްރޫޕަކާ އެކީގައި މަސައްކަތް ކުރި ޓުއާ ގައިޑެއް ކަމަށްވެއެވެ.

ބަލި މީހާ އަށް މިހާރު ފަރުވާދެމުން އަންނަނީ އަންގޮޑާގައި ހުންނަ އިންފެކްޓިއަސް ޑިސީސް ހޮސްޕިޓަލް (އައިޑީއެޗް) އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީގެ އެޑޕިޑެމިއޮލަޖިސްޓް ޗީފް ސުދާތް ސަމަރަވީރަ ވިދާޅުވީ އެމީހާގެ ޓެސްޓްތަކުގެ ނަތީޖާ ދައްކާ ގޮތުން މި ނުރައްކާތެރި ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ލަންކާ ސަރުކާރުން ބުނީ ކޮރޯނާ ވައިރަސް އެ ގައުމުގައި ފެތުރިދާނެ ކަމުގެ ބިރު މިހާރު އުފެދިފައިވާ ކަމަށެވެ. އެހެންވެ، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ބަލިން ސަލާމަތްވުމަށް، ލަންކާ ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

އެގޮތުން މި ބަލި މިހާރު އެންމެ ގަދައަށް ފެތުރެމުން އަންނަ އިޓަލީ، ސައުތު ކޮރެއާ އަދި އީރާނުން ލަންކާ އަށް އަންނަ މީހުން ދެ ހަފްތާ އަށް ކަރަންޓީނު ކުރުމަށް ލަންކާ ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 119،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތީގައެވެ. ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 66،000 އަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޖާއިބެއް

    އަޅޭފަހެ. ކޮން ނައްސިއެއްހޭ.

    11
  2. އަލީ

    ހެޔޮނުވާނެ ފައްސިއޭ ނުކުޔާ.. ދިވެހި ބަސް ހުތުރު ނުކޮއްބަލަ.ބަސް ހަދަން ނޭގެންޔާ ނަހަދާ ތިބެބަލަ.

    6
    2
  3. ބޮއްކުރާ

    ތަކުރާ ހޭވައްލާ ! ފައްސިޔާގައި ދަތުރު ކުރޭ!