ކޮވިޑް-19 ޖެހިގެން ޕެނަމާ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ޕެނަމާ އިން ކޮވިޑް-19 ފެނުނީ އިއްޔެ އެވެ. މިއީ ސެންޓަރަލް އެމެރިކާގެ ގައުމަކުން ފެނުނު ފުރަތަމަ ކޭސް އެވެ.

މިއަދު ޕެނަމާ އިން ވަނީ އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ޕެނަމާ އިން މިއަދު ވަނީ އެގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ކުޅިވަރު ހަރަކާތްތައް ބޭއްވުން މަނާކޮށް ސްކޫލްތައް އޭޕްރީލް މަހުގެ 07 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 115000 އަށް ވުރެ އިތުރުވެފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4200 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ބޮޑު 11 ގައުމެއް މިހާރު ވަނީ ފާހަގަ ކުރެވިފައެވެ. އެގައުމުތަކުގެ ތެރެއިން ޗައިނާ ފިޔަވައި އެހެން ގައުމުތަކުގައި ކޮވިޑް-19 އަދިވެސް ދަނީ ބާރަށް ފެތުރެމުންނެވެ. އެއީ އިޓަލީވިލާތް، އީރާން، ދެކުނު ކޮރެއާ ޖަރުމަންވިލާތް، ޖަޕާން، ސްޕޭން، ފްރާންސް، އެމެރިކާ، އިނގިރޭސިވިލާތް، ނެދަލޭންޑްސް އެވެ.

ކިޔުންތެރިންގެ ހިޔާލު