ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުން ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އެމެރިކާ އިން 38 މީހަކު ވަނީ މަރުވެފައެވެ. އަދި އެ ގައުމުގައި މި ބަލި ޖެހިފައިވާ ކަމަށް ރިކޯޑުތައް ދައްކަނީ 1،329 މީހެއްގެ ގައިންނެވެ.

ޓްރަމްޕް ބުނީ އެކި މީހުން އޭނާ ގާތު ވައިރަސް އަށް ޓެސްޓް ކުރުމުގެ ބޭނުމެއް ނެތޭ ބުނެފައިވާ ކަމަށެވެ.

އެ ގައުމުގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެ މީހުންނަށް ފެނިގެން ވައިރަސް އަށް ޓެސްޓް ކޮށްފައެެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެމީހުން އެގޮތަށް ޓެސްޓް ކުރި އިރު ޓްރަމްޕް ނުކުރުމުން އެގައުމުގެ ގިނަ ރައްޔިތުން ތިބީ ކަންބޮޑު ވުމެއްގެ ތެރޭގައެވެ. އެއީ މަޖިލިސް މެމްބަރުންނާ ޓްރަމްޕް ދިމާވެފައި ހުރެދާނެ ކަމަށް ބަލައިފައެވެ.

"މިވަގުތު އަޅުގަނޑުގެ ހާލު ރަނގަޅު. ކޮވިޑް-19 އަށް އަޅުގަނޑު ޓެސްޓް ހެދުމަކީ އެހާ ބޮޑު ކަމެއް ކަމަށް ނުދެކެނެ. އަދި އެއީ އަޅުގަނޑު ނުކުރާނެ ކަމެއް." ޓްރަމްޕް ބުނެފައިވެއެވެ.

ޓްރަންޕް މިހެން ބުނެފައިވަނިކޮށް ވައިޓް ހައުސްގައި ހުންނަ ޑޮކްޓަރު ވެސް ވަނީ ޓެސްޓް ހެދުމުގެ ބޭނުމެއް ނެތް ކަމަށް ބުނެފައެވެ. އެއީ އަދި އެއްވެސް ކަހަލަ އަލާމާތްތަކެއް ފެނިފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިލަމަގު އަސާރަފުޅި

    ތިކަހަލަ މީހެން އުޅޭނެ މިކޮޅުގަވެސް މިކޮޅުގަ އުޅޭ މޮޔަސޮރާ އެމެރިކާ މޮޔަސޮރާ އުޅެނީ އެއްފާޑަކަށް އަތްދޮވެލީމަ ނިމުނީއޭ ބުނާނީ

    19