ހޮންޑޫރާސް އިން ކޮވިޑް-19 ފެނިއްޖެއެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުން މި ބަލި ޖެހިފައިވަނީ 2 މީހަކަށެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 42 އަހަރުގެ އެގައުމަށް ނިސްބަތްވާ ބަނޑުބޮޑު އަންހެނެކެވެ. އޭނާ އަކީ މިމަހުގެ 4 ވަނަ ދުވަހު ސްޕެއިން އިން އެގައުމަށް އައި މީހެއް ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

އޭނާ މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕޮޓަލުގައި އެޑްމިޑްކޮށްފައި ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

އެގައުމުން ދެން މި ބަލި ޖެހިފައިވަނީ ހަމަ އެގައުމަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މީހެކެވެ. އޭނާގެ ޖިންސެއް އެގައުމުން ހާމަ ކޮށްފައެއް ނުވެއެވެ. އޭނާ އެގައުމަށް އައިސްފައިވަނީ ސްވިޒަލޭންޑްގައި ޗުއްޓީ ހޭދަކުރުމަށްފަހު މިމަހުގެ 5 ވަނަ ދުވަހުއެވެ. އޭނާގައި އެކި ކަހަލަ އަލާމާތްތައް ފެނިފައިވާތީ މިހާރު ވަނީ ސެލްފް އައިސޮލޭޓް ކޮށްފައި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބަލި ފެތުރެމުން އަންނައިރު މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މި ބަލީގެ ސަބަބުން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު