މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ހެދި އެމެރިކާގެ ވިޔަފާރިތަކަށް ކުރަމުންދާ އަސަރާއި، ގެއްލުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވަން އުޅުނު ކޮންފަރެންސް ކެންސަލްކޮށްފިއެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގައި ބާއްވަން އުޅުނު މި ކޮންފަރެންސް ކެންސަލްކޮށްފައި ވަނީ، މި ވައިރަސްގެ އަސަރު ނިއުޔޯކުގައި ވަރަށް ގަދަވެ، 173 މީހަކު ޕޮސިޓިވްވެފައި ވަނިކޮށެވެ.
ދަ ރައުންޑްޓޭބަލް ކިޔާ އެމެރިކާގެ ޖަމިއްޔާ އަކުން މި ކޮންފަރެންސް ބާއްވަން ތާވަލް ކޮށްފައި ވަނީ މި ހަފްތާގެ ހުކުރު ދުވަހަށެވެ. މި ކޮންފަރެންސްގެ މަގުސަދަކަށް ވެފައިވަނީ ވައިރަސްގެ ސަބަބުން ފިއްތުންތައް ކުރިމަތިވެފައިވާ އެމެރިކާގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާ ކުރުމެވެ.
މި ބައްދަލުވުން ބާއްވަން ތާވަލު ކޮށްފައި އޮތީ ހުކުރު ދުވަހަށެވެ. ނަމަވެސް މިހާރު ނިއުޔޯކުގެ ނެޝަނަލް ގާޑުން ދަނީ އެ ސިޓީގެ އާއްމުން އެއްވާ ޕާކުތައް ފަދަ ތަންތަނާއި އަޅުކަން ކުރާ ތަންތަނުގެ އިތުރުން ސްކޫލްތައްވެސް ބަންދު ކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގައި މިހާރު 1000ށް ވުރެން ގިނަ މީހުން ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު ޓްރަމްޕުގެ ސަރުކާރުން ވައިރަސް އާއި ބެހޭ ގޮތުން ހެދި ތަފާތު 28 ދޮގެއް ސީއެންއެން ފަދަ ބޮޑެތި މީޑިއާތަކުން ދަނީ ފާހަގަކުރަމުންނެވެ.
sAhidu ޓެސްޓް
އަލީ ވަހީދު ތެދުފުޅެއް ތޯތީ؟