ކޮވިޑް-19 ޖެހުނު 103 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ހަ ދުވަސް ތެރޭގައި ރަނގަޅު ވެއްޖެއެވެ.

ޗައިނާ އަށް ނިސްބަތްވާ މި މާމަ 6 ދުވަސް ތެރޭގައި ރަނގަޅުވެފައި ވާއިރު، މީގެ ކުރިން 101 އަހަރުގެ މީހަކުވެސް ވަނީ ވައިރަސް ޖެހުމަށް ފަހުގައި އެއިން ސަލާމަތް ވެފައެވެ. މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ 103 އަހަރުގެ މާމަ އާއި އޭގެ ކުރިން ރަނގަޅުވި 101 އަހަރުގެ މީހާ ރަނގަޅުވީ ވައިރަސް ޖެހުމުގެ ކުރިން އެމީހުންނަށް ސިއްޙީ ބޮޑު މައްސަލަ އެއް ކުރިމަތިވެފައި ނުވާތީ ކަމަށެވެ.

ޒަންގް ގުއަންފެންގް ނަމަކަަށް ކިޔާ މި މީހާ އަކީ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން އަށް ނިސްބަތްވާ މީހެއް ކަމުގައިވާއިރު އޭނާ އަށް ފަރުވާ ދީފައިވަނީވެސް ވުހާންގެ ހޮސްޕިޓަލެއްގައެވެ.

ޒަންގެ މިހާރު ދޫކޮށްލާފައި ވާއިރު ޗައިނާގެ ރައީސް، ޒީ ޖިންގްޕިން ވަނީ ވައިރަސް ފެތުރެން ފެށި ފަހުން މުޅިން އަލަށް ވުހާން އަށް ޒިޔާރަތް ކޮށްފައެވެ. މިއާއިއެކު މުރާސިލުން ބުނަމުން އަންނަނީ މިއީ ޗައިނާ އިން އެ ގައުމުގައި ވައިރަސް ކޮންޓްރޯލް ކުރެވިއްޖެކަމަށް ގަބޫލު ކުރާކަން ހާމަ ކޮށްދޭ ކަމެއް ކަމަށެވެ.

ޗައިނާގައި ވައިރަސް ފެތުރޭ މިންވަރު ކުރިއަށް ވުރެން މަދުވެފައި ވާއިރު، އެ ގައުމުގެ ސަރުކާރުން އަންނަނީ ރައްޔިތުން އާއްމު ދިރިއުޅުމަށް ރުޖޫއަވާން ބާރު އަޅަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުރަނަ ފަރީދަާ

  ﷲ އިރާދަ ކުރައްވާ މީހަކު ސަލާމަތް ކުރައްވައެވެ ތިބައިމީހުން އެކަލާންގެއަށް އިޚްލާސްތެރިކަމާއެކު ދަންނަވާށެވެ

  32
 2. ބަބުރު

  6 ދުވަސްތެރޭ 103 މީހުންރަނގަޅު؟ އެމީހުން ވަރަށް ލަކީ

  5
  1
 3. އަފްޝަން

  ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލަ!
  ހައިރާން ކުރުވަނިވި ކަންތައްތައް ދުނިޔޭގަ ހިނގާނެ
  އެއީވެސް އިންސާނުންނަށް ލިބިގެންދާ އިބުރަތްތައް