އިރާގުގެ ޓަޖީ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާތަކެއްގައި އެމެރިކާގެ ސިފައިންގެ ދެ މީހަކާއި، އިނގިރޭސިވިލާތުގެ ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
މި އަސްކަރީ މަރުކަޒަށް ވަނީ 15 ރޮކެޓް ހަމަލާ ދީފައެވެ.
އައިއެސް ޖަމާޢަތާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާ އިސްވެ އެކުލަވާލާފައި އޮންނަ ކޯލިޝަނުން ވަނީ ކޯލިޝަންގެ ތިން ސިފައިން މަރުވިކަން މިހާރު ކަށަވަރު ކޮށްދީފައެވެ.
ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ބަޣުދާދުގެ ބޭރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް އަމާޒުވި ހަމަލާތަކެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެ 12 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.
އިރާޤުގެ ރައީސް ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން "ޓެރަރިސްޓް ހަމަލާ" ކުށްވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ. އިރާޤުގެ ރައީސް ބަރްހަމް ޞާލިހް ނެރުއްވި ބަޔާނުގައި ވަނީ ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދައި، އެމީހުންނަށް ހައްޤުވާ މިންވަރުގެ ރައްދު ހަމަލާ ދޭން ޖެހޭ ކަމަށެވެ.
ޓަޖީ އަސްކަރީ މަރުކަޒަކީ ބަޣުދާދުގެ އުތުރުން 27 ކިލޯމީޓަރު ދުރުގައި ހުންނަ އަސްކަރީ މަރުކަޒެކެވެ. މިމަރުކަޒުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިންގެ އިތުރުން އިރާޤު ސިފައިން ވެސް ތިބެއެވެ. މިއީ ޖަނަވަރީ މަހުގެ ފަހުން މިމަރުކަޒަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދިން ދެވަނަ ފަހަރެވެ.
އެމެރިކާ އިން ދިން ހަމަލާއެއްގައި ޖަނަވަރީ މަހު އީރާންގެ އިސް ޖެނެރަލަކު އަވަހާރަކޮށްލި ފަހުން އިރާޤުގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް ރޮކެޓް ހަމަލާތައް އަމާޒުވުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. ނަމަވެސް މިހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
އިރާޤުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބެލެވޭ ގޮތުގައި މިއީ އިރާޤުގައި ހަރަކާތްތެރިވާ ޝީޢީ ހަނގުރާމަވެރިން ދެމުން ގެންދާ ހަމަލާ ތަކެކެވެ.
ސާބަސް އީރާން...
ސައްދާމް ހުސައިން އެމަރިކާ ސިފައިން ނަށް ކުރިހާލައް ވުރެން ނުބައި ހާލެއް ތިމީހުންނަށް ކުރާތި އީރާން
ތިއީ ހަމަ ވާންވީ ގޮތް
ނޭވާ ނޭފަތުންނުލާ އެމެރިކާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ގާވެސްއުކަންވީ އަދި ތަންކޮޅެއްދުރަށް އިންޑިޔާޔަށްވެސް ފޯރުވާލާ ގެރިމޯދީ މުސްލިމުންގެ ލޭ ބޮނީ އަބަދު އަބަދު...