ރޭޕްގެ ކަންތައް ދިމާ ނުވާ އެއްވެސް ގައުމެއް ނެތެވެ. ކޮންމެ ގައުމެއްގައިވެސް މިފަދަ ކަންތައް މެދުވެރިވާއިރު، އެކަން އެންމެ ހައްދުފަހަނައަޅާފައިވާ އެއް ގައުމަކީ އިންޑިއާއެވެ.

އެންމެ މަހެއް ނުވާ ކުދިންނާއި ހަމައިން ފެށިގެން ގޮސް މުސްކުޅިން ވެސް ރޭޕްކޮށްލަނީ އެއްވެސް ރަހުމެއް، އިންސާނިއްޔަތުކަމެއް ނެތިއެވެ. މިކަމަށް ހައްލެއް ގެނައުމަށް ވާހަކައެބަދެކެވެއެވެ. އެހެން ނަމަވެސް އަދި އެކަށީގެންވާ ހައްލެއް އައިސްފައެއް ނުވެއެވެ.

މި ފަހަރު އިންޑިއާގެ މުމްބާއީގައި ފެންމަތިވެގެން އުޅެނީ އުމުރުން ހަ އަހަރުގެ ކުއްޖަކު ރޭޕް ކުރަން އުޅުނު މައްސަލައެވެ. އެ މައްސަލައާ ގުޅިގެން 13 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހަ އަހަރުގެ ކުއްޖާ ރޭޕް ކުރަން މި 13 އަހަރުގެ ކުއްޖާ އުޅުނީ ކުޅެން އަންނާށޭ ބުނެ ގެެއަށް ގެންގޮސްގެންނެވެ.

އޭނާ އެ ކުއްޖާ ރޭޕް ކުރަން އުޅުމުން ބާރަށް ރޮއެގަތީއެވެ. އަދި އެގެއިން އެ ކުއްޖާ ވަނީ ފިލާފައެވެ. އަދި އެކަން މަންމަ އަށް އަންގާ އެންމެ ފަހުން އެ މައްސަލަ ފުލުހަށް ހުށަހެޅީއެވެ.

މިހާރު އެ ހަ އަހަރުގެ ކުއްޖާގެ މެޑިކަލް ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ގެންދެވުނުއިރު، 13 އަހަރުގެ ކުއްޖާ ހުރީ ކުޑަކުދިންނަށް ހާއްސަ ޖަލެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު

    ބޭރު ގައުމު ތަކުގެ ޚަބަރު ލިޔާއިރު މަސްދަރުގެ ނަން ޟާޢިއު ކުރުން މުހިއްމު. މިސާލަކށް "ޓައިމްސް އޮފް އިންޑިއާ".

  2. ޣާދިރު

    ގެރިނިއުސް.. ރާމް ނިއުސް

  3. Anonymous

    0ތީ ހަމަ އިންޑިއާ ބަދުނާމު ކުރަން ކުރާ މަސައްކަތް ރާއްޖޭގަވެސް ނިސްބަތުން މަދެއް ނޫން