ބްރެޒިލްގެ ރައީސް، ޖައިރް ބޮލްސޮނާރޯ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

މަސްދަރުތަކާއި ހަވާލާދީ ބްރެޒިލްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ބޮލްސޮނާރޯ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަވީ، އޭނާގެ ތަރުޖަމާނަށް ވައިރަސް ޖެހިފައިވުމުން ހެދި ޓެސްޓުތަކުންނެވެ.

ބޮލްސޮނާރޯ އަށް ކޮވިޑް-19 ޖެހުމާއި ގުޅޭގޮތުން ބްރެޒިމްގެ ސަރުކާރުން އަދި ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

މިއީ ޤައުމެއްގެ ރައީސަކު މި ވައިރަސް އަށް ފައްސިވި ފުރަތަމަ ފަހަރެވެ. ނަމަވެސް އީރާނުގެ ދެ ނައިބު ރައީސުން މީގެ ކުރިން މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުގެ ކެބިނެޓް މިނިސްޓަރުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންވެސް މި ވައިރަސް އަށް ފައްސިވެފައި ވެއެވެ.

ބްރެޒިލްގެ ރައީސަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަވެފައިވާއިރު އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު 85 އަށް އަރައެވެ. މިއަދު އެކަނިވެސް އެޤައުމުން 8 މީހަކު ވަނީ މި ވައިރަސް އަށް ފައްސިވެފައެވެ.

މިހާތަނަށް އެޤައުމުން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެފައި ނުވީނަމަވެސް، ދެމީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖުލައި

    ނަތަންޔާހޫ ޓްރަމްޕް އަދި މޮދީ ހަލާކު ކުރައްވާށި

    19
  2. ބާބީ

    ތި ފައްސި ކިޔުން ހުއްޓާލަބަލަ. ބޮލަށް އައްސިއަރާހެން ހީވަނީ.

    37
    1
  3. ބާބީ

    ތި ފައްސި ކިޔުން ހުއްޓާލަބަލަ. ބޮލަށް އައްސި އަރާހެން ހީވަނީ.

    22
    1
  4. އުބޭ

    ދެކަމެއް ފާހަންގަ ކޮއްލާނަން އެކެއް ބުރެޒިލްގެ ރައީސް ކޮވިޑް19 އަށް ޕޮޒިޓިވް ކަމަށް ފެތުރޭ ޙަބަރަކީ ދޮގެއް . ޑެވަނަކަމަކަށް އައްސި ފައްސި ކިޔުން ހުއްޓާލައްވަވާ މީކީ ތިޔަ ސަކަރާތަށް އެއްމެ ރަނގަޅު ވަގުތެއް ނޫން

    8
    2
  5. ތެދު

    ޢެބުނާހެން ކޮން ފައްސިއެއް ނައްސިއެއްތަ؟ ޢެކަޑަމީން ވެސް މިހިއްމު ކަންކަން ފަހަތަށް ޖެެެސުމަށްފަހު މިކަހަލަ މާ މިހިއްމު ނޫން ބަސް ހަދަން މީ ވެސް ކަމެއް ދޯ މިކުރަނީ