ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ފެނިފައިވާ ސްޕެއިން އިން 58 މީހަކު މަރުވެއްޖެއެވެ.

މިއީ މިހާތަނަށް ސްޕެއިން އިން އެއް ދުވަސް ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. ސްޕެއިން އިން މިހާތަނަށް 191 މީހަކު ވަނީ މި ބަލީގެ ސަބަބުން މަރުވެފައެވެ.

ސްޕެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 5,945 އަށް އަރާއިރު އެގައުމުން މިއަދު މިހާތަނަށް 713 މީހަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ. ސްޕެއިން އަކީ އީރާން ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން ފައްސި ވެ މަރުވެފައިވާ ގައުމެވެ.

ދުނިޔޭގައި ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ އެ ބަލީގެ ނުރައްކާ އޮތުމުގެ ސަބަބުން އިއްޔެ ސްޕެއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. މިގޮތަށް އެގައުމުގެ ސަރުކާރުން ނިންމާފައިވަނީ އާދަޔާއި ހިލާފަށް އެ ބަލި އެގައުމުގައި ފެތުރެމުން އަންނާތީ އެވެ.

ޗައިނާގެ ވުހާން ސިޓީޏް ފުރަތަމަ ފެތުރެން ފެށި މި ވައިރަސް ޖެހިފައިވާ މީހުން އަދަދު މިހާރު އެއްލައްކައަށް ވުރެ ގިނަ ވެފައިވާއިރު މި ބަލި ޖެހިގެން ރަނގަޅުވާ މީހުންވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު