މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 175 މަރުވެ، މިދިޔަ 24 ގަޑިއިރު ތެރޭގައި އެގައުމުން 3497 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓީވް)ވެއްޖެ އެވެ.

އެ ގައުމުން މިހާރު މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1441 އަށް އަރާފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން 3492 މީހުން ކޮވިޑް-19 އަށް ފައްސިވިއިރު، މިއީ 24 ގަޑިއިރު ތެރޭގައި މިހާތަނަށް އެ ގައުމުން އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ. އަދި މިއީ އިއްޔެއާ އަޅާބަލާއިރު، 1500 އެއްހާ މީހުންގެ އިތުރު އަދަދެކެވެ.

އެ ގައުމުން މި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދަކީ 21157 އެވެ.

އިޓަލީވިލާތަކީ ކޮވިޑް-19 ފެތުރެން ފެށުމުން ވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދިން ބައެއް ނޫނެވެ. ނަމަވެސް އެ ގައުމުގައި ހުއްޓުމެއް ނެތި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު މި ވައިރަސްއަށް ނައްސިވެ އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ވާ ހިސާބަށް ދިއުމުން މުޅި ގައުމު މިހާރު އޮތީ ކަރަންޓިންކޮށްފައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު، އިޓަލީވިލާތަކީ މިހާރު އެންމެ ހަލުވިކަމާއެކު މި ބަލި ފެތުރެެމުން އަންނަ ގައުމެެވެ. އަދި އެ ގައުމުގެ ހާލަތު ގޯސްވެ، ޗައިނާގައި މި ބަލި ފެތުރެގެން ދިޔަ ވަަރަށް ވުރެ ބޮޑަށް އެ ގައުމުގައި ބަލި ފެތުރުން ވަރަށް ގާތްކަމަށް ގިނަ ބަޔަކު ގަބޫލުކުރރއެވެ.

ކިޔުންތެރިންގެ ހިޔާލު