ސީޝެލްސް އިންވެސް ކޮވިޑް-19 ފެނިއްޖެއެވެ.

ސީޝެލްގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެގައުމުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އިންޑިއާގެ ދެ ރައްޔިތުން ކަމަށެވެ. އެމީހުންނަކީ އިޓަލީވިލާތުން ސީޝެލްއަށް އައި ބައެއް ކަމަށް ވެސް ސީޝެލްގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ދޮޅު ލައްކައަށް ވުރެ ގިނަ ވެފައި ވާއިރު މަރުވި މީހުންގެ އަދަދު ވަނީ 5800 އަށް އަރާފައެވެ.

ޗައިނާގައި ޑިސެމްބަރ މަހު ފެތުރެން ފެށި ބަލި މީހުން ވަނީ ދުނިޔޭގެ ހުޅަނގުގެ ގައުމުތަކަށް ދަތުރު ކޮށްފައެވެ. ޔޫރަޕާއި، މެދުއިރުމައްޗާއި، އަދި އެފްރިކާގެ ބައެއް ގައުމުތަކުން ވެސް މިހާރު ބަލި ފެނިއްޖެއެވެ. ނަމަވެސް މިހާރު އެންމެ ބާރަށް ބަލި ފެތުރެމުން ދަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިޓަލީވިލާތާއި، ސްޕޭންގައެވެ.

ކިޔުންތެރިންގެ ހިޔާލު