ކޮވިޑް-19 ގެ ނުރައްކާ މިވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ބަލީގެ ނުރައްކާތެރިކަން ބޮޑުކަމުން ގިނަ މީހުން ބޭނުން ވަނީ ކޮންމެހެން ބޭނުންވާ އެއްޗެހި ރައްކާ ކޮށްފައި ބަހައްޓާށެވެ. ވިޔަފާރިވެރިން ބޭނުން ވަނީ އާއްމުން ކޮންމެހެން ބޭނުންވާ ތަކެތި ބޮޑުއަގުގައި ވިއްކާށެވެ. ނަމަވެސް ސްކޮޓްލޭންޑްގައި ކުޑަ ފިހާރައެއް ހިންގާ މުސްލިމް ދެމަފިރިން ތަފާތެވެ.

އާސިޔާ އާއި އޭނާގެ ފިރިމީހާ ޖަވާދް ވަނީ ކޮވިޑް-19 އިން މީހުން ރައްކާތެރި ކުރުމަށް ސެނެޓައިޒާ ފުޅިއަކާއި، މާސްކެއް ޕާރުސަލްކޮށް، އެތަކެތި އުމުރުން 65 އަހަރުން ދޮށީ މީހުންނަށް ހިލޭ ބަހާފައެވެ. އުމުރުން ދުވަސްވީ މީހުންގެ ގެއަށް ގޮސް އެމީހުންނަށް އެތަކެތި ހަދިޔާ ކުރުމުން ގިނަ ބަޔަކު ގެންދަނީ އާސިޔަ އާއި ޖަވާދަށް ޝުކުރު އަދާކުރަމުންނެވެ.

ދެމަފިރިން ވަނީ 500 މީހަކަށް 2000 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 38000 ރުފިޔާ) ގެ ތަކެތި ބަހާލާފައެވެ.

މިތަކެތި ބަހަން ވިސްނުމަށް އައިގޮތް ޖަވާދު މީޑިއާ އާއި ހިއްސާ ކުރިއެވެ. "ހޮނިހިރު ދުވަހު އަހަރެން މަގުމަތީގައި އުޅެނިކޮށް އުމުރުން ދުވަސްވީ އަންހެނަކާއި ދިމާވި. އޭނާ އަހަރެން ކައިރީގައި ރޮއެރޮއެފައި ބުނި ސްޕަމާކެޓަކަށް ދިޔައިރު އަތް ދޮންނަން ބޭނުން ކުރާ އެއްވެސް އެއްޗެއް ލިބެން ނެތް ކަމަށް. އަހަރެން ހިތައް އެރީ މިފަދަ ތަކެތި ނުލިބިފައި އެތައް ބަޔަކު ތިބޭނެއޭ. އެހެންވެ އަހަރެމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމުގެ ބޭނުމުގައި މިކަން ކުރީ." އޭނާ ބުންޏެވެ.

ޖަވާދުގެ ދެމަފިރިން އުމުރުން ދުވަސްވީ މީހުންނަށް ވެދެމުން އަންނަ އެހީ އާއި އެކު އެމީހުންގެ މަގުބޫލްކަން އެސަރަހައްދުގައި ވަނީ އިތުރުވެފައެވެ. ގިނަ ބަޔަކު ވަނީ އެމީހުންގެ ފިހާރައަށް ޒިޔާރަތްކޮށް ވެސް އެމީހުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ވެސް އެމީހުންނަށް ޝުކުރު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ހަނާ

  ރާއްޖޭގައި މިހުރިހާ ސިޔާސީ މީހުން ތިބިއިރު މިވަރު ކަމެއްވެސް ކޮއްލަން ކެރުނު މީހަކުނެއް. ރައްޔިތުން ހަނާވާ ވަގުތުގައި ރަނގަޅަށް ހަނާކޮއްލާ މަސައްކަތުގެ އުޖޫރައަށް ދަންދެން ކަނޑާލަނީ. ކޮން ކަހަލަ އަޚްލާޤެއް؟

  75
  2
 2. އ. ޖ. އ

  45
 3. السلام عليكم

  الله އަށް ޓަކައި ކުރާ ކޮންމެ ޢަމަލެއްގެ ދަރުމަ އާއި ސަވާބު އެކަލާނގެ ދެއްވާނެ
  މި ގައުމުގައިވެސް ތިކަހަލަ ނިޔަތް ރަނގަޅު މީހުން ގިނަ ކުރައްވާށި

  98
  • Anonymous

   އާމީން

   35
 4. ބާނޫ

  މިގައުމުގަ ތިބި ވިޔަފާރިވެރިންނަކީ އެމީހުން އަތުން ބައިލޯލާރިއެއްވެސް އަނެކާޔައް ހިލޭސާބަހަެް ދޭންބޭނުންވާވަރައްވުރެން ދަހި ބަޔެއް....ސޯ އެމީހުނަކަށް މިކަހަލަ މާތް ކަމެއް ކުރާކަށެއް ނޭގޭނެ...

  23
 5. Anonymous

  ޔާﷲ މިމީހުން ގެ މުދަލުގައި ބަރަކާތް ލައްވާ މުދާ އިތުރު ކޮށްދެއްވާނދޭވެ. އަޅަމެންގެ ރާއްޖޭގައި ވެސް ތިބި ތަނަވަސް ކަމުގެ އަހުލު ވެރިންނަށް ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

  41
 6. ފާތުމަ.

  ޟީ ކޮންރާއްޖެއެއްގެ ބައެއްކަންވެސް ބުނެލިމަމަ.

 7. ބޯބުރާންތި

  ނިކަން ސަރުކާރަށް ލިބުނު ހިލޭ އެހީބޮލަކަށް ބަހާލަބަލަ
  ރައްޔިތުންދެކެ ތިހާލޯބިވާނަމަ

  18
  1
 8. ވދ

  ޝުކުރިއްޔާ ދެމަފިރިނަށް

  26
 9. އޭނަ

  ސްކޮޓްލޭންޑް

 10. މީހާ

  އަހަންނަކީ އަތްމަތި ތަނަވަސް، ފުދުންތެރި މީހަކަށް ވޭތޯ އެންމެން ދުއާކޮށްދީ. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެން ބޭނުންޖެހިފަތިބި މީހުނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން. ވަރަށްބޮޑަށް ބޭނުންވާކަމެއް، އަދި ނުވެވިފަ އޮތްކަމެއްމީ. އަހަރެން ހިތަށްއަރާ، މިގައުމުގަތިބި މުއްސަނދިންނަށް މިވަރުކުޑަކަމެއް އެހީތެރިކަމަށްޓަކާ ނުކޮށްދެވިގެން މިއުޅެނީ ކީއްވެބާއޭ؟

  12
  1
 11. މީސް މީޑިއާ

  "މީސް މީޑިއާ" މީކޮންތާކުން ހޯދިބަހެއްތޯ؟

 12. ސިކަންދަރު

  މިރާއްޖޭގެ ގިނަ ވިޔަފާރި ވެރިންގެ ނުބައި ކަމުގެ ނަތީޖާ އަހަރުމެންނައް މިފެންނަނީ ޙުތުބާއެއްގައި ކިއި އަޑު އެހިން މިނެކިރުމުގައި މަކަރު ހަދާނަމަ ވެރިންގެ އަނިޔާވެރިކަން ރައްޔިތުންނައް ލިބޭނޭ މިހަރު މިކަން މިއޮތީ ހަގީ ގަތަކައް ދިމާވެފައި އެދިގުރާސްތާ 30 އަހަރުގެ އަނިޔާވެރިކަން ނިމުމަކައް އައިސް ދެން އައި ކުރުރާސްތާ 3 އަހަރު މިޔޮތީ އިތުރައް އަޅުވެތިކޮއް ރައްޔަތުން އަތުން ޖިޒީ ނަގަން ފައްޓާފަ މިހާރު މިއޮތީ އިންކަމް ޓެކްސް ނަގަން ފަށާފަ އެއްވެސް ދީނީ އިލްވެރިޔަކައް ވެސް ބުނާކައް ނުކެރޭ މީ ދީނީގޮތުން ހުއްދަ ކަމެއްތޯ ގަދަ ކަމުން ރައްޔަތުން އަތުން ރުފިޔާ އަތުލުން

 13. ޙަސަނާ

  ❤❤❤❤❤❤❤❤

 14. Anonymous