ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާ މިސްކިތް ބަންދުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަގްސާ މިސްކިތްތެރެ އާއި މިސްކިތް ކައިރީގައި ހުންނަ "ޑޯމް އޮފް ދަ ރޮކް" ވަނީ ބަންދުކޮށްފައެވެ. އެކަމަކު، މިސްކިތުގެ ބޭރުގައި އަދިވެސް ނަމާދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލްއަގްސާ މިސްކިތް ބަންދު ކުރީ ކޮވިޑް-19 ފެތުރުނަ ނުދިނުމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށްވެއެވެ.

މަސްޖިދުލް އަގްސާ އަކީ މުސްލިމްގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ އެވެ. އެކަމަކު، ޔަހޫދީން ބުނަމުން އަންނަނީ އެމަތިވެރި މިސްކިތަކީ އެމީހުންގެ ފައްޅިއެއް ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިސްރާއީލުގެ ގަދަބާރުގެ ދަށަށް ގެނައީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އަދި ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން މީގެކުރިން ވަނީ ނިންމާފައެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ފަލަސްތީނު ރައްޔިތުންގެ ނުރުހުން އެމެރިކާ އަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ މި ނިންމުމަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހަ އަށް ކުރަމުންދާ މަސައްކަތަށް ވެސް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.

ގުދުސަކީ އިސްލާމްދީނުގެ އެންމެ މާތް ތައުހީދު ދެނެގަތް ދެވަނަ ރަށެވެ. އެ ބިމަކީ ގިނަ އަދަދެއްގެ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުން އެ ބިމަކަށް އުފަންވެވަޑައިގެން ހުސްޠާހިރުވަންތަ ބިމެކެވެ. އަދި ކިރިތި ރަސޫލާ ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ވެ ވަޑައިގެން ނަމާދު ކުރެއްވީވެސް ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައެވެ. އެ ބިމަކީ ކީރިތި ރަސޫލާ އިޞްރާ ދަތުރުފުޅު ފެއްޓެވި ބިންވެސް މެއެވެ.