މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ބަހްރެއިން އިން މީހަކު މަރުވެއްޖެ އެވެ.

މިއީ އެ ގައުމުންވެސް މި ވައިރަސް ޖެހިގެން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ބަހްރެއިން އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 221 އަށް އަރާފައެވެ. އޭގެ ތެރެއިން ހަތް މީހަކު ފައްސިވެފައި ވަނީ މިއަދު އެވެ، އެ ގައުމުން ކޮވިޑް-19 ޖެހުނު އެކަކުގެ ހާލު ސީރިއަސް އިރު، 77 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބަހްރެއިންގެ ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އެ ގައުމުން ފުރަތަމަ މީހާ މަރުވެފައި ވަނީ މިއަދު ކަމަށާއި، އޭނާގެ އުމުރަކީ 65 އަހަރު ކަމަށެވެ. އަދި އެއީ ސިއްހީ މައްސަލަތަކެއް ހުރި އެ ގައުމަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައި ވެއެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 171,105 އަށް އަރާފައެވެ. އަދި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 6,526 އަށް އަރާފައިވާއިރު، މި ބަލި ޖެހިގެން ރަނގަޅުވިމީހުންގެ އަދަދަކީ 77,791 އެވެ.

ކިޔުންތެރިންގެ ހިޔާލު