މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އީރާނުން އިތުރު 129 މީހަރު މަރުވެއްޖެއެވެ.

އެ ގައުމުން، މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 853 އަށް އަރާފައެވެ.

އެ ގައުމުން އިތުރު 1053 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14991 އަށް އަރާފައެވެ.

އީރާނަކީ ދުނިޔެއިން ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ.

އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 4،590 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ ބަލި ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ. އެގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު 80،000 އަށް ވުރެ ކުރީގައި އުޅޭއިރު މި ބަލި ޖެހިގެން އެގައުމުން ވަނީ 3،213 މީހަކު މަރުވެފައެވެ.

މި ބަލި ޖެހޭ ކޮންމެ މީހަކީ މަރުވާ މީހެއް ނޫނެވެ. ނޭވާލާ ނިޒާމު އެއްކޮށް ދަތްކޮށްލާ މި ބަލި ޖެހިގެން އެންމެ ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމަށް އެކިއެކި ބަލިތަކަށް ބޭސް ފަރުވާ ހޯދައި ބޭސް ކާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު