ދުނިޔޭގެ އެންމެ ނުރައްކާތެރި ނިރުބަވެރި ޖަމާއަތް ކަމުގައިވާ އައިއެސްގެ ނިރުބަވެރިން ޔޫރޮޕަށް ދަތުރު ނުކުރަން އެ ނިރުބަވެރި ޖަމާއަތުން އަންގައިފިއެވެ.

އައިއެސް ޖަމާއަތުގެ އަލް-ނަބާ ނޫސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ވައިރަސް އިން ފުރިފައިވާ ހުޅަނގާއި ޔޫރޮޕްގެ ގައުމުތަކަށް މިވަގުތު ނުދިޔަމަށެވެ. ނަމަވެސް މީގެ ކުރިން މިފަދަ ބަޔާންތައް ނެރޭ މީހުން ހުޅަނގާއި ޔޫރޮޕްގެ ގައުމުތަކުގައި އައިއެސްގެ މެމްބަރުން ހަރަކާތްތެރިވުމަށް ވަނީ ބާރު އަޅާފަައިކަން ފާހަގަކޮށްލެވެއެވެ.

އައިއެސް އިން އެ ޖަމާއަތުގެ ނިރުބަވެރިން ކޮވިޑް-19 އިން ރައްކާތެރި ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، އެ ޖަމާއަތުން ބަހަމުން ގެންދާ ލީފްލެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ގިނައިން އަތް ދޮވުމަށެވެ. އަދި ކަލާނގެ އަށް ބިރުވެތިވެ ތަކްލީފް ކުރުމާއި ކެއްސައި ކިނބިހި އަޅާ ވަގުތު މޫނާއި ނޭފަތް ނިވާ ކުރަން އިރުޝާދު ދީފައިވެއެވެ.

އައިއެސް އިން އެމީހުންގެ ބާރު އަދިވެސް އޮންނަކަމަށް ދައުވާކުރާ އަފްޣާނިސްތާނާއި އަލްޖީރިއާ އާއި މިސްރުގެ އިތުރުން އިންޑިއާ، އިންޑޮނޭޝިޔާ، ފިލިޕީންސް އަދި އިރާގުން ކޮވިޑް-19 ވައިރަސް ވަނީ ފެނިފައެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި މިހާރު ކުރިއައާއި އަޅާ ބަލާފައި ވައިރަސް ކޮންޓްރޯލް ވެފައި ވީ ނަމަވެސް ޔޫރޮޕާއި އެނޫންވެސް ބައެއް ގައުމުތަކުގައި ވައިރަސް އަންނަނީ ގަދައަށް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޣަނީ

  މިމީހުންވެސް ޖިހާދުން ޗުއްޓީނަގައިގެންދަނީ ޔޫރަޕަށްދޯ

  21
  3
 2. Anonymous

  ތަމެންވެސް ވައިރަސް އުޅޭކަމަށް ގަބޫލްކުރަންދޯ.

  32
  2
 3. ވަހޫސު

  އައި އެސް އިން އެމީހުން އަމިއްލައަށް ތިމާމެންނަކީ ޓެރަރިސްޓުންނޭ ނުކިޔާނެ. އެމީހުން ވެސް އެކުރަނީ އެމީހުން ގަބޫލު ކުރާ ހަމަތަކުގެ މަތިން ހަނގުރާމައެއް.

  46
  7
 4. ވާނުވާ

  ބަލަގަ، ތި އެތިވަރުތައް ޖާނުން ފިދާވާން ތިބޭ އިރު ކޮވިޑް 19 އަށް ބަލާނެ ކަމެއް ނެތެެއްނު.. ބަލި މީހާޔާ އެކީގަ ގޮއްވާލާ..

 5. ބަންދެބަސް

  ވެކްސީން ނުކުތީމަ އެ ޖައްސަންވެސް ދާން ޖެހޭނީ އެމީހުންގެ ގާތަށް ވިއްޔަ. ކީއްކުރާނީ؟

  1
  1
 6. ކޮވިޑް

  ކަލާނގެ ކިބައަށް ތަކްލީފް ކުރުމޭ..
  ބޯ ހަލާކު!!
  ﷲ އަށް ތަވައްކަލް ކޮށް ސަބަބުތަކުގައި ހިފަން ދީނުގައި އޮންނަނީ..
  ދެން މިފަދަ ބަލިމަޑުކަމެއް ފެތުރޭއިރު، ބަލި ފެތުރޭ ރަށުން ނުކުތުމާއި ބަލި ފެތުރޭ ރަށަށް ނުދިއުމަށް ރަސޫލުﷲގެފާނު ވަނީ އަންގަވާފައި.
  މިއަދު ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް އެ ބަންދުކުރަނީ، މާކުރިން މުސްލިމުންނަށް މިފަދަ ހާލަތްތަކުގައި އެގޮތައްކަންތައް ކުރުމަށް އޮތީ އަންގަވާފައި..
  ކޮވިޑް 19 އާއި ގުޅިގެން އެމީ ހުން މިފަ ހަރު ކަންތައް އެކުރަނީ ޝަރީއަތުގައި އޮތް ގޮތައް އަދި އައިއެސް ވިޔަސް އެމްޑީޕީ ވިޔަސް..