ކޮވިޑް-19 އާއި ގުޅިގެން ޖަރުމަންވިލާތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މުޅި ގައުމު ލޮކްޑައުން ކޮށްފިއެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވިދާޅުވީ ކޮވިޑް-19 ފެތުރެމުން ދާތީ އެގައުމުން ބޭރަށް މީހުން ދަތުރު ކުރުމާއި، އެއްވެސް މީހަކު ގައުމަށް އެތެރެވުން މަނާ ކޮށްފައިވާ ކަމަށެވެ.

އާއްމު ރައްޔިތުން ގޭގައި ތިބުމަށް ވެސް މާކެލް ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ގެއިން ނިކުތުން މަނާ ކޮށްފައެއް ނުވެއެވެ.

އާއްމުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ބޭއްވުމާއި އާއްމުން އެއްވާ ތަންތަން ހުޅުވާފައި ބެހެއްޓުން ވެސް ވަނީ މަނާ ކޮށްފައެވެ.

ޖަރުމަންވިލާތް ލޮކްޑައުން ކުރުމުގެ ކުރިން އެގައުމުގެ ބޯޑަރު މިއަދު ހެނދުނު ވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނުފެނި އަދިވެސް ގިނަ ގައުމުތަކުގައި ހާލަތު ގޯސްވަމުން އެބަދެއެވެ.

މިހާރު ބަލި އެންމެ ބާރަށް ފެތުރެމުންދާ އިޓަލީވިލާތުގައި އަދިވެސް ހާލަތު ވަރަށް ގޯހެވެ. އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ އިތުރު ވެފައެވެ.

އީރާން، ޖަރުމަންވިލާތް، ސްޕޭންގައި އަދިވެސް ހަލުވިކަމާއި އެކު ބަލި އަންނަނީ ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު