ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އިތުރު 349 މީހުން މަރުވެއްޖެއެވެ.

އިޓަލީވިލާތުން މިއަދު މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2158 އަށް އަރާފައެވެ.

މިއަދު އިޓަލީވިލާތުން ވަނީ އިތުރު 3233 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެހެންކަމުން އެގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 27980 އަށް އަރާފައެވެ.

މިއަދު މިހާތަނަށް ކޮވިޑް-19 ޖެހިގެން 17 ގައުމަކުން ވަނީ 561 މީހުން މަރުވެފައެވެ. އަދި މިއަދު 9661 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 ޖެހިގެން މީހުން މަރުވާ ނިސްބަތް މިއަދު ވަނީ 3.9 އިންސައްތަ އަށް އުފުލިފައެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އަދިވެސް އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާނެއެވެ. މިދިޔަ ހަފްތާގައި އެގައުމު ލޮކްޑައުން ކޮށްފައި ވީނަމަވެސް އެކަމުގެ ނަތީޖާ ފެންނާނީ ދެހަފްތާ ފަހުން ކަމަށް އިޓަލީވިލާތުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަދިވެސް އިޓަލީވިލާޔުން އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ލޮމްބާޑީ ރީޖަންގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާ ﷲ

    މި ނުރައްކާތެރި ވައިރަ ހުން އިބަރަސްކަލަނގެ އެންގެވިގޮތައް އުޅޭ ސާލި ހު އަޅުތަކުން ސަލާމަތް ކޮއްދެއްވާނދޭވެ..

    15