ކޮވިޑް-19 އަށް ޕާކިސްތާނުން ޕޮޒިޓިވްވެފައިވާ މީހުންގެ އާއިލާތަކަށް ހިލޭ ކާބޯތަކެތި ފޯރިކޮށްދިނުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕާކިސްތާނުން މި ބައްޔަށް މިހާތަނަށް 194 މީހަކު ފައްސިވުމާއި ގުޅިގެން ހިލޭ ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް އިއުލާން ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަންޖާބުގެ ހެލްތު މިނިސްޓަރު ޑރ. ޔާސްމީން ރަޝީދުއެވެ. މި ބައްޔަށް ފައްސިވެފައިވާ މީހުންގެ އާއިލާތަކަށް ފޯރުކޮށްދެވޭ ކާބޯތަކެތީގެ ތެރޭގައި 20 ކިލޯ ފުށް، 10 ކިލޯ ހަކުރު އަދި ހަނޑޫ، އެއް ކާޓުން އެއް ލިޓަރުގެ ކިރު، ފަސް ކިލޯގެ ތަރުކާރީގެ އިތުރުން ފަސް ބޮކްސް ސައި ފޯރުކޮށްދޭނެއެވެ.

ޕާކިސްތާނުގެ އެކި އަވަށްތަކުގައި މި ބަލި އަންނަނީ ބާރު ސުޕީޑެއްގައި ފެތުރެމުންއެވެެ. ޕާކިސްތާނުގެ ސިންދު އަވަށުން މި ބައްޔަށް 36 މީހަކު ފައްސިވެފައިވާއިރު، ދެ މީހަކު ވަނީ ރަނގަޅު ކުރެވިފައެވެ. އަދި މިވަގުތު 34 މީހަކު ތިބީ އައިސޮލޭޓްކުރެވިފައެވެ. އޭގެ އިތުރުން ސުކުރުގައި މި ބައްޔަށް 234 މީހުން ޓެސްޓުކޮށްފައިވާ އިރު އޭގެތެރެއިން 115 މީހަކު ވަނީ އެ ބައްޔަށް ނައްސި ވެފައެވެ. އަދި 119 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ސިންދުގައި 155 ކޭސް ފެނިފައިވާ އިރު، ޚައިބާ އިން 15 މީހުން، ބަލޮގިސްތާނު އިން 10 މީހުން، އިސްލާމުބާދު 4 މީހުން، ގިލްގިތު ބަލިސްތާނުން 3 މީހުން އަދި ޕަންޖާބުން 2 މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. ޕާކިސްތާނުގެ ސަރުކާރުންވަނީ 250 މީހުންގެ ޖާގައިގެ ކަރަންޓީނު ކުރާނެ ތަނެއް ގާއިމުކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޕާކިސްތާނުގެ ޕޮލިސް އެކަޑެމީގެ ޓްރެއިންނިންތައް ވަނީ ކެންސަލްކޮށްފައެވެ. ޚައިބާ ސަރުކާރުގެ ސްޕޯކްސް ޕާރސަން އަޖްމަލް ވަޒީރު ވިދާޅުވީ މި ދަނޑިވަޅުގައި ޓްރެއިނިންއަށް ވުރެ މުހިއްމީ އާންމުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު