ވައިރަސް ފެތުރުން ހުއްޓުވަން އަދި 2 އަހަރު ނަގާފާނެކަމަށް ޖަރުމަންވިލާތުން ބުނެފިއެެވެ.

ޖަރުމަން ސަރުކާރުގެ ރިސާޗް އިންސްޓިޓުއުޓެއް ކަމުގައިވާ ”ރޮބަޓް ކޮޗް އިންސްޓިޓުއިޓް“ އިން ވިދާޅުވެފައި ވަނީ ވައިރަސްގެ އަސަރު އެއްކޮށް ނައްތާލަން އަދި 2 އަހަރު ވަރު ނަގާފާނެ ކަމަށެވެ.

”ރޮބަޓް ކޮޗް އިންސްޓިޓުއިޓް“ އަކީ ޖަރުމަނުގެ ބަލިތަކާއި ވައިރަސްތަކާއި ބެހޭ މުއައްސަސާވެސް ކަމުގައިވާއިރު އެފަރާތުން ވައިރަސް އަދި ދިގުލައިގެން ދާނެކަމަށް ބުނުމުން ގިނަބަޔަކު އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މީގެ އިތުރުން ޖަރުމަނުގައި ރައްޔިތުން ސަމާލުވާން ވީ މިންވަރު ”މީޑިއަމް“ އިން ”ހައި“ އަށް ވަނީ މަތިކޮށްފައެވެ. އެ ގައުމުގައި އާއްމުން ބޭރަށް ނިކުމެ އުޅުން މިވަގުތަށް މަނާ ކޮށްފައި ވީ ނަމަވެސް، ޔޫރޮޕްގެ ބޯޑަރުތައް އެއްކޮށް ބަންދުކޮށް ނިމުމުން އާއްމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އަނެއްކާވެސް ދޭނެއެވެ.

ޖަރުމަނުގައިވެސް ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުން އަންނައިރު މިވަގުތު އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަނީ ޔޫރަޕްގައި ކަމުން ޔޫރަޕްގެ ގައުމުތަކުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

އިޓަލީ އާއި ފްރާންސް މިހާރު ލޮކްޑައުން ކޮށްފައިވާއިރު އަންނަ ހޯމަ ދުވަހު ސްވިޒަލޭންޑް ލޮކްޑައުން ކުރަން ވަނީ ނިންމާފައެވެ. ޖަރުމަންވިލާތުގައިވެސް ލޮކްޑައުން އިއުލާންކޮށްފައިވާއިރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެގައުމުގެ ވެރިރަށް ބާލިން ވަނީ އެއްކޮށް ފަޅުވެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފު

    އިންސްޓިޓިއުޓް އެއް ވިދާޅެއް ނުވާނެ. ހާމަ ކުރާނީ.

    15
    1
  2. އަލީ

    ޗައިނާ ކައިރިން ތި ކަމުގެ އަލިފު ބާ ޖަހަން ޖަރުމަން މީހުން ފޮނުވަބަލަ 2 އަހަރޭ ނުކިޔާ! 2މަސް ދުވަހުން އޯކޭ ކޮށްދޭނެ!

    10
  3. مريم

    الله اكبر الله اكبر ولله الحمد حسبنا الله ونعم الوكيلއެއްވެސްމީހަކައްބަޔަކައްނޭގޭނެބުނާކައްތިހެން

    12
    • ޝިފާ ދެއްވަނީ ކީރިތި ﷲ

      ކީކޭތޯ އެލިޔުމުގައި އޮތީ.. ވައިރަސްގެ އަސަރު އެއްކޮށް ނައްތާލަން އަދި 2 އަހަރު ވަރު 'ނަގާފާނެ' ކަމަށެވެ. އެމީހުންވެސް ލަފާއެ ކޮއްލަނީ. އެއްވެސް ހާލެއްގައި ޔަގީންކަން ދެނީކީ ނޫން.

      17
      2