މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީ ފިޔަވައި ސައުދީ އަރަބިއްޔާގެ އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ސައުދީ އަރަބިއްޔާ އިން މަނާކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން މިފިޔަވަޅު އެޅީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

ސައުދީ އަރަބިއްޔާ އިން މިއަދު ވެސް ވަނީ އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާތަނަށް ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 133 އަށް އަރައެވެ. މިހާތަނަށް ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހަމީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ މެދުގައި މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު އެގައުމުގެ މިސްކިތްތައް ބަންދުކުރަން ނިންމި ނަމަވެސް ހުރިހާ މިސްކިތެއްގައި މިހާރެކޭ އެއްގޮތައް ބަންގި ގޮވަން ވަނީ ނިންމާފައެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އަލް-ޝައިހް މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވަން ކޮންމެހެން އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށާއި، އުއްމީދު ކުރަނީ މިފިޔަވަޅަކީ ވައިރަސް ފެތުރުން ހުއްޓުވަން އެހީއަކަށް ވެގެންދާނެ ފިޔަވަޅެއް ކަމަށް ވުން ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާ އިން ވަނީ މީގެ ކުރިން ހުކުރު ނަމާދު 15 މިނެޓަށް ވުރެ ދިގު ނުކުރަން ވެސް އަންގާފައެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އުމްރާގެ އަޅުކަން އަދާކުރުމުން މަނާ ކުރުމާއި، އެއްވެސް ގައުމެއްގެ މީހަކަށް ވިސާ ނުދިނުމަށް ނިންމި ނިންމުން ފާހަގަ ކޮށްލެވެއެވެ. މިހާރު ސައުދީ އަރަބިއްޔާގެ ހުރިހާ ސްކޫލަކާއި، ޔުނިވަސިޓީތަކެއް ވެސް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ދައްޖާލު އެރުން ގާތްވީތަ

    16
    8
    • ޔަގީން

      ދައްޖާލުއެރުން އެއީ ބޮޑުއަލާމާތެއް..އަ ދި އޭނާ އެރިޔަސް މައްކާ މާ ދީނާ އަކަށް ނޭރޭނެ. މާތްﷲ ގެ މަލާއިކަތުން އެ ދެ ތަން ހިސޯރުކުރާނެ..

      11
      3
  2. ޑީފެކްޝަން

    މި ރާއްޖޭގަ ވީކަމެއް ނަމަ ލާދީނީއަށް ރަތްމަހަށް ގޮވާނެ ސަލަފާ އެސްއެސްއާ އަނެއް އެސްއަކުންނާ ޕީޕީ ޑީފެކުސަނުން

    8
    5
  3. ޚަލޮ

    މިހާރުވެސް މިރާއްޖޭއަށް ދައްޖާލު އަރައިފި ދޯދޯ!!!!!!!!

    4
    2
  4. ބަންދެބަސް

    އަޅުކަން ވެސް މަނާ ކޮށްލަނީ ދޯ ހުޅަނގު މީހުން ބުނެގެން. ބަލަ ބަރާބަރަށް މިސްކިތަށް އެރީމަ ނޫންތަ ބަލި ފިލާނީ ވެސް ؟

    6
    8
    • އަޙްމަދު ޒަކީ

      ރަސޫލާގެ ޒަމާނުގައިވެސް، ވާރޭ ވެހުމާއި ފެންބޮޑުވުން ފަދަ ކަންކަން މެދުވެރިވެގެން އެމީހަކު ހުރިތަނެއްގައި ނަމާދު ކުރުމަށް ގޮވާލާފަ އެބަހުރި. ވާހަކަ ދެއްކުމުގެ ކުރިން ކަމުގެ ދެކޮޅު ބަލާބަލަ. ބަލި ފިލާނީ ﷲ މިންވަރު ކުރުމުން، އެކަމަށް ދުއާކުރަންވީ، މިސްކިތައް ނާރާވެސް އެކަން ކުރެވޭނެ.

      7
      1
  5. ޔާ ﷲ

    ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި މާ ދީނާގައި އޮތްވަރުގަ ދަ ރޯގާއެއް އެކަލޭގެފާނުން ޖެހިގެން ދުޢާ ކުރައްވަނީ ކުޑަ ކު ދިންނާއި މުސްކުޅިން މިބަލިން ސަލާމަތް ކޮށް ދެއްވުމަށް. ހަމަ ވަގުތުން މުޅި މާ ދީނާއިން އެރޯގާ ވަނީގޮސްފަ.. ބުނެވޭ ގޮތުގައި އެ ފަހުން ނުރައްކާތެރި އެއްވެސްބަލިމަޑުކަމެއް އެތާނުފެތުރޭ.. ކޮރޯނާ ވައިރަސް އެތާ ﷲފެތުރުއްވިޔަ ނު ދޭނެ.

    3
    2
    • ކޮސް

      ދެން އަވަހަށް ކަލޭމެން ދުއާކޮށް ބަލަ ސައުދީން އެބިރު ފިލައި މިސްކިތްތައް ހުޅުވި އަޅުކަން ކުރެވޭނެގޮތް ވޭތޯ .

  6. Anonymous

    ޅޮލް

    1
    3
  7. އެކްޓަރ

    ބިރުގަންނަންވީ ﷲ ސބވތ ދެކެ... މިސްކިތުތައް ފަޅުވެގެން ނުވާނެ، ސައޫދީވެސްވަނީ ހުޅަގުގެވއުގަށްވެއްޓީފަ މިސްކިތުގެ ބޭރުގައި ސެނިޓައިޒަރެއް ހިފައިގެން މީހަކު ހުރެ މީހުން ސާފުކޮށްގެން އަދި މިސްކިތްތައް ސާފުކުރަން މިޤައުމުގައި ތިބި ހިއްވަރުގަދަ ޒުވާނުން ނުކުމެ މިސްތިކުތްތަކުގައި ނަމާދުކުރެވޭނެ މާހައުކެއް ޤާއިމްކޮށްގެން ނަމަވެސް މިޤައުމުގެ މިސްކިތް ހުއްޓިގެން ނުވާނެ... ރާއްޖޭގެ ފުރަތަމަ މިސްކިތް ހުކުރު މިސްކިތް ބަންދުކޮށްފަ ހުންނަތާ 1 އަހަރުވީ ..މިހާރު އެއީ ކުނި އަޅާ ތަނެއް.
    ނަމުގަ މިސްކިތް ރެނޮވޭޓްކޮށް ޓްރެއަޓް ކުރުން..ކަމުން ކާފަރުން ރުއްސަން މިސްކިތް ބަންދުކުރީ...ވިސްނާށެވެ މިއީ އިމްތިހާނެކެވެ....ހިލައެއްގެ ތެރޭއޮތަސް މަރު ބައްދަލުކުރާނެއެވެ....

    10
    3