ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ބޭންކްތަކުންނާއި، މޯގޭޖް ކުންފުނިތަކުން އާއްމު ރައްޔިތުން ނަގާފައިވާ ވިޔަފާރި ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކުރިކަން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިއުލާން ކުރައްވައިފިއެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ގޮތަބަޔާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް އާއްމު ރައްޔިތުންގެ ލޯނުތައް ދެއްކުން ހަމަސް ދުވަސް ފަސްކުރަން އޭނާ ކުންފުނިތަކަށް މިހާރު އަމުރު ކުރައްވާފައި ވާނެ ކަމަށާއި، ލަންކާގެ ހުރިހާ މާލީ އިދާރާތަކަކުން ވެސް އެއަމުރަށް ބޯލަނބާނެ ކަން އަންގާފައިވާ ކަމަށެވެ.

ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކުރުމުގެ އިތުރުން ލަންކާ ރައްޔިތުންގެ ކެއުމަށް އެންމެ ގިނައިން ބޭނުން ކުރާ އެއް ބާވަތް ކަމަށްވާ މުގާއި މަހުގެ އަގު ހެޔޮކުރަން ވެސް ގޮތަބަޔާ ވަނީ ނިންމަވާފައެވެ. މުގު ކިލޯއެއް ދެން އެންމެ އަގުބޮޑުކޮށް ވިއްކޭނީ 65 ރުޕީސް އަށް ކަމަށާއި އަދި މަސްދަޅެއް އެންމެ އަގުބޮޑުކޮށް ވިއްކޭނީ 100 ރުޕީސް އަށް ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އެހެން ހަރަކާތްތައް ހުއްޓިފައިވާ ކަމަށާއި ނަމަވެސް ވައިރަސް ކޮންޓްރޯލް ކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އެޅުން ލަސްނުކުރާނެ ކަމަށެވެ.

"ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ތާސްކްފޯސް އަށް ވާނީ ވައިރަސް ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރާއި އިހްތިޔާރު ދީފައި." ގޮތަބަޔާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ އިޤުތިޞާދަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. މިިދިޔަ އަހަރު އެގައުމުގައި ދިން ވަރުގަދަ ނިރުބުވެރި ހަމަލާތަކާއި ގުޅިގެން ފަތުރުވެރިކަމަށް ލިބުނު ބޮޑު ގެއްލުމުން އަރައިގަތުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުން ކުރަން ޖެހިފައިވާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

"ނަމަވެސް އަދި އެމަސައްކަތް ފެށޭނީ ދުވަސްކޮޅެއް ފަހުން. މިއީ އެންމެ އެކުވެރިކަމާއި އެކު މިގޮންޖެހުމާއި ކުރިމަތިލާންވީ ވަގުތު." ގޮތަބަޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ބރނ

    ރައްޔަތުންގެ ބޭންކް ބެންކް އޮފް މޯލްޑިވްސް ލޯނު ދޫކުރި ފަރާތްތަކަށް ލުޔެއް ދިނުމަށް ނުވިސްނަމުތޯ ؟ ތިޔަބޭންކަށް ބިލިޔަނުން ފައިދާ ވަނީ ހަމަ ރައްޔަތުން ކުރާ ވިޔަފާރިން ނޫންތޯ.

    32
    • އައްޑޫ މީހާ

      ނުދޭނެ ކުރިއްޔާ ކުރާނީ ޖެއްސުން 15000ރ ގެ ލޯނެއް ނަގާފައި ހުންނަ މީހާއަށް އެލޯނު ދެއްކޭނެ ގޮތެއް ނެތިގެން ބުނީމަވެސް އިންޓްރެސްޓޭ ކިޔާފަ އިތުރު 35000 ރުފިޔާ ފެލާލީމަ އެއޮތީ ލުއި ދެވިފަ ގޭގެ ލޯނުގެ އިންޝޫރެންސް ފައިސާއޭ ކިޔާފަ ނުވެސް އެނގިތިއްބާ ގުޅާފަ އެކައުންޓްގަ ފައިސާ ނެތީމަ ދަރަނީގެ ގޮތުގައި އަންނަ މަހު ބާކީ ދައްކާ ގޮތައް ފައިސާކޮޅު ކަނޑާލަނީއޭ ބުނެފަ އެކައުންޓް ދޮވެލީމަ އެއޮތީ ކިހާ ބޮޑު ލުއެއް ދެވިފަތޯ!

      16
    • ކިނބޫ

      ރާއްޖޭގައި އޮތީ ހުސް ރައްޔިތުން ކުރަންޖެހޭ ކަންކަން. އިންޑިއާއަކީ މިނުރައްކާ އެންމެ ބޮޑު އެއް ތަން. އެންމެ ދޯހަޅި ސިޔާސަތެއް އޮތް، ފިޔަވަޅުތައް އެޅުމުގައި ހަރުދަނާކަމެއް ނެތް ބައެއް. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް މިކަން ފާހަގަ ކުރަމުން ދަނީ. ރައްޔިތުން އެދިގޮވަނީ އިންޑިއާއިން އައިސް ގޮސްވުން ހުއްޓުވާށޭ. އެކަމަކު އިސްކުރަނީ ސިޔާސީ ވިސްނުން. ޖިނާއީ ތަހުގީގޭ ޖުރުމާނާއޭ ކިޔައި ބިރު ދައްކަން ޖެހޭނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ. މަޖިލިހާ ދެންވެސް ތިބި ބަޔަކު މިއަށް ޖޯކު ޖަހާ ބޮޑު ސިޔާސީ މަޖާގަނޑަކަށް ހަދައިގެން އުޅޭކަށް މީކީ ސިޔާސީ ފައިދާ ނަގަން ވިސްނަންޖެހޭ ކަމެއް ނޫން. އެމީހުން އަނގަމަތީ މަލަން އަޅަން އެބަޖެހޭ. މިކަމުގައި އަޅަންޖެހޭ އެއް ފިޔަވަޅު އެވެސް

  2. ޑިމޮކްރަސީ

    ސެލިއުޓް ދޭންޖެހޭ މިކަހަލަވެރިންނަށް މިފެންނަނީ ޤަވްމެއްގެ ރައްޔިތަކަށް ބޭނުންވާ އެހީތެރިކަމުގެ އަތެއް އެޤަވްމެއްގެ ފެންވަރުން ފޯރުކޮށްދެވިދާނެ ގޮތް މިފަދަ ހައްސާސް ޙާލަތުގަ އަގުތަށް އުފުލިގެންނުދާނެ ގޮތަކަށް ދިރިއުޅުމުގެ ކަންތައްތައް ފަހި ވަަނެ ގޮތަކަށް މަގުފަހިކޮށްދޭން އެބަޖެހޭ

    23
  3. މުހައްމަދު

    ބޯބްރާންޗެއް ދިވެހިންގެ ވެރިއަ ކަށް މިހުރީ! ޑޮ ކްޓަރުން އަވަދިވާވަރަށް ޝަ ކުވާ ކުރީމަ ސް ކޫލު ބަންދު ކޮށްލަނީ! ދެން ކޮލެޖްތައް! ދެން ސަރު ކާރު! ދެން ވާނެ އެއްޗެއް ވީމަ އެއަރޕޯރޓް! އިގްތިސާދީ ޕްލޭނެއް ނެތް! ލޮ ކްޑައުން ކުރާއިރު ލޯނުތަ ކަށް ކުލިތަ ކަށް ލުޔެއް ނޫނީ ހޭލުންތެރި ކަމެއްވެސް ކުރިއަ ކަށް ނުގެންދޭ! ނޫނޭ ސޯލިހު ވެރިކ ކަމެއް!

    27
    3
    • ހިތާމަ

      ޤައުމަށްދިމާވެގެންމިއުޅޭ އެއްމެބޮޑު މައްސަލައަކީ ރައްޔިތުން އިންތިޚާބުކޮށް ވެރިކަން ޙަވާލުކުރި ވެރިމީހާ އެއްފަރާތްކޮށްލާފައި މާދުރުން އެހެންމީހަކު އައިސް ވެރިކަންކަމަށް އަތްގަދަކޮށް ވެރިކަންކުރަން އުޅޭތީ، އެވެރިމީހާއަށް ކަމުދާ އެއްކަމެއްވެއްވެސް ރައްޔިތުން އިންތިޚާބުކޮށްފަހުރި ވެރިމީހާ އަށް ކުރެވޭކަމަކަށްނުވޭ! ރައްޔިތުންގެ ނިންމުމާއި ޚިލާފަށް ވެރިކަންހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު އެވަނީ އެކެއްގެ އަތްމައްޗަށްގެންގޮސް ވެރިވެގަންފަ، ބޭނުންވަނީ ރައްޔިތުން ވެރިކަން ޙަވާލުކުރިމީހާއަކީ އެއްވެސް އެއްޗެއް އެނގޭ ކަމެއްކުރެވޭ މީހެއްނޫންކަން ރައްޔިތުންނަށް އަންގާދިނުން ތޯއްޗެއް! ދެންވާނެގޮތްވިސްނާ،

      4
      2
      • ނުރަބޯ

        އެހެން އެވަނީ ރައްޔިތުން އިންތިޚާބު ކުރިކަމަށް ތިޔަ ބުނުއްވާ މީހާއަކީ ހިންގުންތެރި ކަމުގެ އެއްވެސް ޢިލްމެއް ނެތްތާ ބުއްދިއެއް ވިސްނުމެއް ވެސް ނެތް މީހަކަށްވާތީ. އޭނާ ދަންނަނީ ހަމަ އެކަނި ކުރީގެ ސަރުކާރަށް ބަހުގެ ޙަމަލަ ދޭން.

  4. ބޮޑުތަކުރުފާނު

    ކޮބާރާއްޖެ؟

    15
  5. ޢަބްދުﷲ

    ގެދޮރު ހަދަން 2 ރުފިޔާ އަޅުގަނޑުވެސް ނަގާފައިވަނީ، ދެއްކޭނެ ގޮތެއް މިވަގުތުނެތް، ބޭންކުން ރަނގަޅުގޮތްތަކެއް ލޯނުވެރިންނަށް މިވަގުތު ހަމަޖައްސައިދިނުން ވަރަށް މުހިއްމު.

    12
  6. ރިފާ

    ކީއްތަވާނީ އެޗް.ޑީ.އެފް.ސީ އާއި އެޗް.ޑީ.ސީ އަދި ބެންކް ތަކުންވެސް 6 މަސް ލޯންދެއްކުން ފަސްކޮއްދިނިއްޔާ. އޭރުން މާލޭގެ ރެންޓްތައް ކުޑަކުރެވޭނީ . ލޯނުނަގައިގެން ހަދާފަހުރިގެތައް މާލޭގަ ހުރީ.

    12
  7. ޝާން

    ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ގެސްޓުންނެއްނާދޭ. ރިސޯޓް ތަކުންވެސް ނޯޕޭ އަށް މިފޮނުވަނީ. މިހާރުއާމްދަނީ ލިބޭނެ ގޮތެއްނެތް. ލޯންދެއްކޭނީ މުސާރަލިބިގެން. ރާއްޖޭގެ ބޭނުްކް ތަކުންވެސް މިގޮތަށް 6 މަސް ދިނުން ރަގަޅު.

  8. އަހުމަދު

    ބޭންކް އޮޕް މޯލްޑިވްސް އަށް އަށްވެސް މިވަގުރު ނިކަހަލަކަމެއް ރައްޔިތުންނަށްޓަކައި ކޮށްލަ ދިނުން ރަގަނޅުވާނެ

  9. މަހޭޝް

    ރާއްޖެއިން ނުވޭތޯ އަދިވެ މިކަން ކުރަން އެކަނޑާލީ އިތުރުގަޑި ރިސޯޓުބޯއިން ނޯޕޭގަ. ދެން ކީއްކުރާނީ

  10. ޒީރޯ ޓޮލަރަންސް

    މިއީ ކުންފުނިތަކުގެ އަހަރީފީ ދަށްކަންޖެހޭ މަސް. އަޅުގަނޑުމެންގެ ސަރުކާރުން ލުޔެއްދޭނެބާ؟ ފަސް ކުރާނެބާ؟ ކޮންމެ ހާހަކުން 1 ހާސް ކަނޑާ ލާނެބާ؟

    • ކިނބޫ

      ނޭވާހޮޅިއަށް އަރުވާލީމަ ނޫނީ އެއްކަމެއްވެސް ކުރާތަން ފެނޭތަ އެބަ؟

  11. ޖިންނި

    ޞޯލިހު އަށް ފެނޭތަ ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭވެރިން، އަދިވެސް ކަލޭ ތިހުންނަނީ ހެވިފަ މަލާމާތުގެ ސިފައަކަށް ހެވިވިފަ ހުރީމަ ނިމުނީދޯ

  12. ޙަބީ

    ބމލ އިން ދެނީ ދިރޭ ލޯނު..

  13. އަސީ

    މިފެންނަނީ ގައުމުދެކެލޯބިވާ ރައްޔަތުންނައް ހެޔޮއެދޭވެރިންނަކީ ގޯތާބރވެސް އިންދިޔާއިން ދައުވަތުދީގެންގެންގޮސް ބުނިކަމައްވަނީ ތިމަންނާމެން ހުރިހާކަމެއްކޮއްދޭނަމޭ އެހެންގައުމުތަކާ ދުރުވާށޭ ގޯތާބެގެ ޖަވާބަކައްވީ އިންޑިޔާ ވިޔަސް ޗައިނާވިޔަސް ތަރައްގީގެ މަސްރޫއުތައް ހިންގޭނެބަޔަލާއެކުގަޔޭ ތިމަންނާމެން ކުރިޔައްދާނީ ބަސްމަދުކޮއްފަ އަމަލުގިނަކޮއްގެނޭ ކަންކަންކޮއްދެވޭނީ.

  14. ކިނބޫ

    އަހަރުމެންގެ އޯގާތެރި ސަރުކާރުން 22 ރުފިޔާގެ ފެން ދިން. ކިހާ ހެޔޮ.

  15. ޖަވާދު

    ކޮބާ ރައްޔިތުންގެ ބޭންކު ބޭންކް އޮފ މޯލްޑިވްސް! ހެސް ކިޔާފަ އެތައް މިލިޔަނުން އަހަރަކު ފައިދާ ވާއިރު، ކީއްތޯވާނީ ލޯނު ތަައް ދެއްކުން 6 މަސްދުވަހަށް ފަސްކުރިއްޔާ

  16. ކިނބޫ

    ރާއްޖޭގައި އޮތީ ހުސް ރައްޔިތުން ކުރަންޖެހޭ ކަންކަން. އިންޑިއާއަކީ މިނުރައްކާ އެންމެ ބޮޑު އެއް ތަން. އެންމެ ދޯހަޅި ސިޔާސަތެއް އޮތް، ފިޔަވަޅުތައް އެޅުމުގައި ހަރުދަނާކަމެއް ނެތް ބައެއް. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް މިކަން ފާހަގަ ކުރަމުން ދަނީ. ރައްޔިތުން އެދިގޮވަނީ އިންޑިއާއިން އައިސް ގޮސްވުން ހުއްޓުވާށޭ. އެކަމަކު އިސްކުރަނީ ސިޔާސީ ވިސްނުން. ޖިނާއީ ތަހުގީގޭ ޖުރުމާނާއޭ ކިޔައި ބިރު ދައްކަން ޖެހޭނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފަ. މަޖިލިހާ ދެންވެސް ތިބި ބަޔަކު މިއަށް ޖޯކު ޖަހާ ބޮޑު ސިޔާސީ މަޖާގަނޑަކަށް ހަދައިގެން އުޅޭކަށް މީކީ ސިޔާސީ ފައިދާ ނަގަން ވިސްނަންޖެހޭ ކަމެއް ނޫން. އެމީހުން އަނގަމަތީ މަލަން އަޅަން އެބަޖެހޭ. މިކަމުގައި އަޅަންޖެހޭ އެއް ފިޔަވަޅު އެވެސް.

  17. ދަވާލި19

    މިރާއްޖެއިން އަންގާނީ 6 މަސްދުބަސްތެރޭ ލޯނުތައްދައްކާނިންމުމައް