ކޮވިޑް-19 ޖެހިގެން އީރާނުން އެތައް މިލިއަން ބަޔަކު މަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާންގެ ސަރުކާރުން މިހާތަނަށް އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެގައުމުން އަދި މަރުވީ 988 މީހުންނެވެ. ނަމަވެސް ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ހަޤީޤަތުގައި މަރުވި މީހުންގެ އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން އިއްޔެ ބުނީ ކޮވިޑް-19 އާއި ގުޅިގެން އާއްމު ރައްޔިތުންނަށް ސަރުކާރުން ދެމުން ގެންދާ ސިއްހީ އިރުޝާދުތަކަކަށް ގިނަ ރައްޔިތުން ތަބައެއް ނުވެއެވެ. އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރު ނުކުރަން ސަރުކާރުން އިލްތިމާސް ކުރަމުން ގެންދިޔަ ނަމަވެސް އީރާންގެ ގިނަ މީހުން ގެންދަނީ އަދިވެސް އެމީހުން ބޭނުންވާ ދަތުރުތައް ކުރަމުންނެވެ. އެހެންކަމުން ކޮވިޑް-19 އަދިވެސް އިތުރަށް އީރާންގައި ފެތުރި އެތައް މިލިއަން މީހުން އެގައުމުން މަރުވެގެން ހިނގައިދާނެ ކަމަށް ދައުލަތުގެ މީޑިއާ އިން ބުނެއެވެ.

މިއަންނަ ހުކުރު ދުވަހު އީރާންގެ އާއަހަރު ފެށޭތީ އާއަހަރު ފާހަގަ ކުރުމުގެ ތެރެއިން އިތުރު އެތައް ބަޔަކަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އީރާންގެ އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް-19 ފެތުރެމުން ދާއިރު އީރާން މިހާރު ވެސް އޮތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ. ކޮވިޑް-19 އީރާންގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ޗައިނާ އާއި ރަޝިއާ އިން މިހާރު ވަނީ އެމެރިކާ އަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގަދަފަދަ

    ހަގީގަތުގައިވެސް އީރާނާ ކީ ވަރަށް ގަދަ ބައެއް. އެހާފިޔަވަޅު އަޅާފައޮންނައިރު ތިބަލިމަޑު ކަމާ ކުރިމަތިލަމުންދާއިރު އެމަރި ކާ އާއި އިސްރާއީލް ގެފައިބުޑައްނުވެއްޓޭ. މި ދުނިޔޭގައި ނޯންނާނެ އީރާން ފަދަ ހިއްވަރުހުރިގައުމެއް.

    19
    6
  2. ސޮފްހާން

    ތިޔައްވުރެ މާބޮޑު ނުރައް ކަލާ ކާ އީރާން ކުރިމަތިލި 8 އަހަރުވަންދެން ސައްދާމުގެހަނގުރާމާގައި..އ.ދ އީރާނައް ދަތި ކުރުމުގެ ފިޔަވަޅު އަޅާ މުޅި ދުނިޔެ އިރާގައް އެހީވި އީރާން ފުނޑުފުނޑު ކޮއްލަން...ބައިލޮޖި ކަލް ވެޕަން އެބަހީ ނުރައް ކަލުންފުރިގެންވާ ކެމި ކަލް ހަނތިޔާރުން އީރާނައް ހަމަލާ ދިން..5ލައް ކައަށް ވުރެ ގިނަ ސިފައިން މަރުވި.މިލިއަނަ ކަށްވުރެގިނަ އާންމުންމަރުވި..އެ ކަމަ ކު ވެސް އީރާން ބަލިނުވި..ﷲ ފިޔަވާ އެއްވެސް ފަރާތަށް ކަށް އީރާން ބިރެއްނުގަނޭ.

    21
    4
  3. ކަލީމް

    މިބަލި މަޑު ކަމުން އިސްލާމީ އުންމަތުގެ ސިންގާ ސަލާމަތް ކޮއްދެއްވާނދޭވެ...ﷲ މަގުގައި ހަނގުރާމަ އެއް ކުރަން ޖެހިއްޖިއްޔާ އެމަރި ކާ އަދި އިސްރާއީލު ރޮއްވާލުމުގެ ގާބިލު ކަންއޮތީ އީރާން އަތުއެ ކަނި...އީރާނަށް ތިހެން ވުމުން ވަރަށް ދެރަވޭ. ފަލަސްތީނާ ދެ ކޮޅައް ބޮޑު ހަނގުރާމަ އެއްނު ކޮއް އިސްރާއީލު އެއޮތީ އީރާން އޮންނާތީވެ..

    20
    2
    • ހަގީގަތް

      އިރާން އިން ކީއްވެތޯ ސީރިޔާގެ ނިކަމެތި މުސްލިމުން މަރަނީ. ސުންނީ މުސްލިމުންނަށް ވީމަތޯ؟ ޓެރަރިސްޓް ޝީޔައީ ބައްޝާރު އަށް އެހީތެރި ވަނީ. ހަގީގަތުގައި އިރާންގެ ބައިވެރިވުންވެސް އޮވެގެން ސީރިޔާގެ ކިތައް މުސްލިމުން މަރާ ކިތައް މުސްލިމުން ގެދޮރުން ބޭރު ކޮށް ހާލުގައި ޖައްސާ ކިތައް މުސްލިމް އަންހެނުންގެ އިއްފަތް ތެރިކަން ފޭރިގަނެއްޖެތޯ. މި ވާހަކަ ތަކަކީ އެއްވެސް ބަޔަކު ދައްކާ ވާހަކަ ތަކެއް ނޫން އަދި އިގޭ ކަމަށް ވެސް ހަދާ ވާހަކަ ތަކެއް ނޫން

      7
      2
      • ޖުލައި

        ވަ ރަށް ރަނގަޅު ވާހަކައެއް ވެ ރިޔާތިބުނީ...އީ ރާނަކީ މުސްލިމުން ނެއްނޫން..އަދި ޝީއީން ނަކީ
        ނަ ރަކަވަންތަވެ ރީން..

        2
        1
        • ގަމާރުމޯލްޑިވިއަން

          ޔަގީންތަ؟؟؟؟؟؟؟؟