ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާނުކޮށްފިއެވެ.

ކާފިއު އިއުލާނުކޮށްފައި ވަނީ މިއަދު ހަވީރު 4:30 އިން ފަށައިގެންނެވެ.

ކާފިއު އިއުލާނު ކޮށްފައި ވަނީ މުޅި ޕޯޓްލޭންޑް ޑިސްޓްރިކްޓް އާއި ނިގޮމްބޯގެ ކޮއްޗިކޭޑް ސަރަހައްދުގައެވެ.

މީގެ ތެރެއިން ޕޯޓްލޭންޑް ޑިސްޓްރިކްޓަކީ "ހައި ރިސްކު" ސަރަހައްދެއް ކަމަށް މީގެ ކުރިން ލަންކާ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ލަންކާގެ އެއާޕޯޓު ވަނީ ލޮކްޑައުން ކޮށް، ބޭރުން އަންނަ އެއްވެސް ފަރާތަކަށް އެގައުމަށް ނުވަދެވޭ ގޮތް ހަދާފައެވެ.

ލަންކާ އަކީ މި ސަރަހައްދުގެ ގައުމުތަކުގެ މީހުން ގިނައިން އަންނަ ގައުމަކަށް ވާއިރު އެގައުމުން މިފަދަ ހާލަތެއް އިއުލާން ކުރުމުން ބައެއް ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް މިއީ މި ދަނޑިވަޅުގައި އިތުރަށް ކޮވިޑް-19 ވައިރަސް ޖެހިފައިވާ މީހަކު އެގައުމަށް ވަނަ ނުދިނުމަށާއި، އެ ގައުމުގައި ވައިރަސް އިތުރަށް ފެތުރުނަމަ ނުދިނުމަށް އެޅިދާނެ މުހިންމު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ލަންކާގެ ފަތުރުވެރިކަމަށް ވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން ލިބޭނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އެންމެ ވަރުގަދަ ފިޔަވަޅުތަކެއް އެންމެ އަވަހަށް އެޅި ގައުމުތަކުގެ ތެރޭގައި ވެސް ލަންކާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުރަ

    ތިޔައީ ރައްޔިތުންގެ ރައްކާތެރިކަމަށް ނިންމެވި ސަޅިނިންމުމެއް!

    5
    1