މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ފެތުރެމުން ދާތީ ފިލިޕީންސް ސަރުކާރުން މުސީބާތުގެ ކުއްލިހާލަތް އިއުލާންކޮށްފިއެވެ.

"ސީއެންއެން"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުސީބާތުގެ ކުއްލި ހާލަތް އެގައުމުގައި އިއުލާންކޮށްފައި ވަނީ ހަމަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ. މިކަމާއި ގުޅިގެން ފިލިޕީންސް ސަރުކާރުން އެމެޖެންސީ ފަންޑެއް ހުޅުވައި ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިހާލަތާއިއެކު ސަރުކާރުން ގާނޫނީ ފިޔަވަޅުތައް އަޅާ އިދާރާތަކަށް ދީފައި އޮންނަ ބާރުވެސް އިތުރުވެގެން ދާނެއެވެ. އެހެން ނަމަވެސް އެއްވެސް ފިޔަވަޅެއް ނުވަތަ ނިންމުމެއް ނިންމޭނީ އެކަށީގެންވާ ސަބަބަކާއި ގުޅުގެން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައވެެ.

މި ހާލަތު އިއުލާން ކުރުމުގެ ކުރިން މިމަހުގެ ނުވަވަނަ ދުވަހު އެގައުމުގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާންކޮށްފައެވެ.

އެ ގައުމުގެ ރައީސް ރޮޑްރިގޯ ޑުޓާޓް މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަންނަ މަހުގެ 12 އާ ހަމައަށް އެ ގައުމުގައި ތިބި މީހުން ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ. އެކަމަކު، ކާބޯތަކެތި ގަތުމަށާއި ބޭހާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް މީހުންނަށް މަގުތަކަށް ނުކުމެ އުޅެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ކާބޯތަކެތި ވިއްކާ ތަންތަނާއި ބޭސް ފަދަ ތަކެތި ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ،" ފިލިޕީންސްގެ ރައީސް ވިދާޅުވިއެވެ.

ފިލިޕީންސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި 142 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. އަދި 12 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޑްލައިން

    ނޮޓް ކޫލް