އެއް ޖިންސުން ގުޅުން ހިންގާ ބަޔަކު ފެސްޓިވަލް އަކަށް އެއްވުމުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިބައްޔަށް ފައްސި ވެފައިވަނީ ފްލޮރިޑާގެ ސިޓީ އެއް ކަމަށްވާ މިއާމީ ގައި ބޭއްވި އެގައުމުގެ އެހަރީ ވިންޓާ ޕާޓީއަށް ދިޔަ ގިނަ އަދަދެއްގެ މީހުންނެވެ. މި ފެސްޓިވަލް އަށް ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ މީހުން ވަނީ އެއްވެފައެވެ. އެގޮތުން މުޅިއަކު 10،000 އަށް ވުރެ ގިނަ މީހުން ބައިވެރި ވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ފެސްޓިވަލް ހިންގުމާ ހަވާލުވެގެން ހުރި ރައީ ކަރޭ ބުނެފައިވަނީ ފެސްޓިވަލް ބޭއްވުމުގެ ކުރިންވެސް ނުވަތަ ފަހުންވެސް ފައްސިވި މީހުންނަށް ވައިރަސް ޖެހިފައި އޮވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް މީހެއްގެ ގައިން އޭރު އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

މިމަހުގެ ކުރީ ކޮޅު ފަށާފައިވާ މި ފެސްޓިވަލް ނިންމާލާފައިވަނީ 10 ވަނަ ދުވަހުއެވެ. މި ފެސްޓިވަލް އަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަން އެނގިފައިވަނީ ފެސްޓިވަލް ނިންމާލިތާ ދުވަސްކޮޅެއް ފަހުންނެވެ. އެހެން ނަމަވެސް ފައްސި ވެފައިވާ މީހުންގެ އަދަދެއް ހާމަ ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބަލި ފެތުރިފައިވާތީ އެކި ގައުމުތަކުން ވަނީ ބަލިން ރައްކާތެރިވުމަށް މީހުން އެއްވެ އުޅުން މަނާ ކޮށްފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ދެ ލައްކައަށްވުރެ މަތީގައި އުޅޭއިރު މިހާތަނަށް މި ބަލި ޖެހިގެން 8،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. Anonymous

  މީހުން ނުބޭވި ވަރަކައް ﷲ ގެ ކޯފާ އަތުވުން ގާތް...ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.މިއަދު ދުނިޔެމަތީ ކިތަންމެެ މަޖާވެފޭ ހުރިހޭ ކުޅިއެއް ކުޅުނަސް ދެން ދާން އޮތް ތަނުގެ އަޒާބު ބޮޑުވެގެން ވާނެ.ޭ..އެދުވަހުން ތިބާ ހިތައް އަރާނެ..ދުނިޔޭގަ މިހެން ނޫޅެވުންނަމައެވެ...އަދި އެއަފަހަރ މިއަޅާއައް ކުރެވުނު ކަންތައް އިސްލާހު ކުރުމައް މިއަޅާ ދުނިޔެ މައްޗައް ފޮނުވާނަމައެވެ... ވިސްނާލާ ބަޔަކައް މީ އިބުރަތެއް

  110
  5
 2. Anonymous

  މީހުން ނުބައިވި ވަރަކައް ﷲ ގެ ކޯފާ އަތުވުން ގާތް...ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ.މިއަދު ދުނިޔެމަތީ ކިތަންމެެ ކުޅިއެއް ކުޅުނަސް ދެން ދާން އޮތް ތަނުގެ އަޒާބު ބޮޑުވެގެން ވާނެ.ޭ..އެދުވަހުން ތިބާ ހިތައް އަރާނެ..ދުނިޔޭގަ މިހެން ނޫޅެވުންނަމައެވެ...އަދި އެއްފަހަރު މިއަޅާއައް ކުރެވުނު ކަންތައް އިސްލާހު ކުރުމައް މިއަޅާ ދުނިޔެ މައްޗައް ފޮނުވާނަމައެވެ... ވިސްނާލާ ބަޔަކައް މީ އިބުރަތެއް..
  އަހަރުން ދެރަވެ ހިތާމަކުރަން މާޒީގަ ނުބައި ކަންތައް ކުރެވިފަ ހުރީމަ...ކޮންމެ މީހަކައްވެސަ ކުށެއް ކުރެވިދާނެ...ނަމާދުކޮއް ނިއްމާގެން އަބަދުވެސް ދުއާކުރަން ކުރީގަ ކުރެވިފައިވާ ކުއްފާފާ އަފޫ ކޮއްދެއްވުމައް... ﷲ އިރާދަ ކުރެއްވިއްޔާ އަހަރެންގެ ކުއްފާފަ އަފޫ ކުރެއްވުމައް ގިނަގިނައިން ދުއާކުރަން..މާތްﷲ އަޅަމެންނައް ތެދުމަގު ދެންވާންދޭ!އާމީން

  76
  4
 3. Anonymous

  ރާއްޖޭގައި މީހުން އެއްވެ އުޅޭ ތަންތަނުގެ ތެރެއިން އެންމެ ފުރަމަ ބަންދުކުރަން ޖެހޭނީ މިސްކިއްތައް ތޯ!! 24 ގަޑިއިރު ވިޔަފާރިކުރާ ތަންތަން އޯކޭ!! ރެސްޓޯރަންޓްތައް އޯކޭ 24 ގަޑީއިރު ހުޅުވާފަބެހެއްޓިޔަސް!! ކިތަންމެ ގިނަމީހުން އެއް ވިޔަސް!!

  93
  8
  • ކކކކ

   24 ގަޑިއިރު ހުޅުވާފަ ހުންނަންޏާ ތޮއްޖެހުން ކުޑަވާނެ.

   8
   4
 4. Anonymous

  މިއީ ވެދާނެ ކޯފާގެ އިންޒާރެއްހެން ފާފަ ކުރުމުގައި ހައްދުފަހަނައަޅާ ﷲ ގެ އިންތަކުން ބޭރު ވުމުން އުގޫބާތް ތައް އަތުވެދާނެ ދިވެހިން ބިރުވެތިވޭ

  98
  4
  • ޢަކު

   ޢިންޒާރެކޭ؟ މީ ކޯފާ! ޢެކަލާނގެއަށް ޖަމާތުގައި އަޅުކަން ކުރުމުގެ އިޚްތިޔާރުވެސް މިއަދު މިވަނީ އަތުލެވިފައި. ދެންވެސް ހޭޢަރާ

   52
   3
 5. ޅިނކްސް

  މި ފެސްޓިވަލްއަށް ރާޖެއިން މީހުން ދިޔަބާ ދިޔަނަމަ އެމިހުންގެ ޙާލު ކިހިނެއްތޯ

  39
  5
 6. ބޯބުރި

  ހަމަ ރަނގަޅު ތި ވީގޮތް..ތިބައިގަނޑު ނެތިކުރަށްވާންދޭ

  80
  7
 7. Anonymous

  އަލްހަމްދުލިﷲ. ޔާﷲ މި މުޑުދާރު ނަޖިސް އެއްޗިސްތައް ހަލާކިކޮއް ނެތި ކޮއްދެއްވައިފާދޭއެވެ.އާމީން

  91
  6
 8. އިހްސާން

  އެއްޖިންސުން ގުޅުންހިންގަމުންދާ އެންމެންނައް ފިސާރި ރަނގަޅައް ކޮވިޑު ޖެހެންވީ ފައްފަށުން.

  91
  9
 9. Anonymous

  އިންޑިޔާގެ ހިންދޫން ޤަބޫލުކުރާ ފީކަޅާ އަޤި

  24
  4
 10. ާޭސޭޓު

  ދާނެ ބޮޑުން

  10
  3
 11. ނަރު

  އެކަހަލަ ވަހުސީކަންތައް ކުރާމީހުންގެސަބަބުން ދުނިޔެއައް ﷲގެކޯފާއަންނަނީ ސަދޫމުޢިބުރަތަކައްނުވޭ ތަ އެއެންމެންހަލާކުކުރައްވާދޭވެ، ޢާމީން

  14
  2
 12. ޙހހޖ

  ނަސީބެއްނު

  4
  2
 13. ގައިޖޮޅު

  މުޖޫ ހުރިތޯ ބަލާބަލަ

  3
  1
 14. ާއަސްލު

  މިކަހަލަ ކަންތަށް ކޮއްގެން ﷲ ގެ ކޯފާއެއްފޮނުއްވާ ރަށެއް އެއްކޮށް ބައްޑުން ޖެއްސެވީ ލޫޠް އަލައިހިއްސަލާމްގެ ޤައުމު މިހާރުވެސް އެ ހެކިތައް ފެންނަން އެބަހުރި އަހަރެމެންގެ މި ކުޑަޤައުމުގަވެސް މިފަދަ މީހުންއުޅޭ ބިރުވެރިކަމެއް އެވެސް ވެދާނެ އެބައިމީހުންގެ މައްޗަށް ލެއްވި ކޯފާއެއްކަށް

  1
  1