ކޮވިޑް-19 ވައިރަހުން އިންސާނުން ސަލާމަތް ކުރުމަށްޓަކައި މިހާތަނަށް އީޖާދުކުރާ އެންމެ އުންމީދީ ވެކްސިން، މިއަންނަ ހަފްތާގެ ތެރޭގައި އިނގިރޭސި ސައިންޓިސްޓުންގެ ޓީމަކުން ޓެސްޓު ކުރަން ތައްޔާރުވެއްޖެއެވެ.
އިނގިރޭސި ޕަބްލިކް ހެލްތްގެ ބެލުމުގެ ދަށުން، ސައުތެމްޕްޓަން ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަކުން މިހާރު ވަނީ "އެސްއެންޖީ 001" (SNG001) ވެކްސިން ޓެސްޓު ކުރުމުގެ ޢަމަލީ މަސަައްކަތް ފަށައިފައެވެ. މި ވެކްސިން ޓެސްޓް ކުރާނީ އިންސާނުން ބޭނުންކޮށްގެން ކަމަށްވެއެވެ.
މި ވެކްސިނަކީ ނޭވާލުމުގައި ދަތިތަކާއި، ފުއްޕާމޭގެ އެކި ކަހަލަ ބަލިތައް ހުންނަ ފަރާތްތަކުގެ ސިއްހީ މައްސަލަތައް ރަނގަޅު ކުރަން ޚާއްސަކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. ކޮވިޑް-19 ހުއްޓުވުމުގައިވެސް މި ވެކްސިން ކާމިޔާބު ވާނެ ކަމަށް ސައިންސްވެރިން ތިބީ ވަރަށް ބޮޑު އުންމީދެއްގައެވެ.
އިނގިރޭސި ސައިންސްވެރިންގެ މަސައްކަތަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މި ވެކްސިން ޓެސްޓު ކުރުމުގެ ދެވަނަ މަރުހަލާ ކަމަށްވާ، އިންސާނުން ބޭނުންކޮށްގެން ވެކްސިނަށް ތަހުލީލު ކުރުމަށް އެމީހުންނަށް ފެހި ސިގްނަލް ލިބިގެން ދިއުމުންނެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނި ވެސް 33 މީހަކު މަރުވެ، އެތައް ހާސް ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެހެންވެ، މިވެކްސިނަކީ އިންސާނުންނަށް ކުރިމަތިވެފައިވާ ހިތްދަތިކަމުން ސަލާމަތްވުމަށްޓަކައި ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ ވެކްސިނެކެވެ.
މި ވެކްސިން ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާ ސައިންސްވެރިންގެ ވާހަކަތަކުން މިއީ ކޮވިޑް-19 އަށް ފަރުވާ ހޯދުމުގެ "ކުޅިވަރު ބަދަލު ކޮށްލާ" ވެކްސިނަކަށް ވާނެއެވެ. އިނގިރޭސިވިލާތުގެ ޗީފް ސައިންޓިފިކް އެޑްވައިޒަރު، ޕެޓްރިކް ވަލެންސް، މި ވެކްސިނާ ބެހޭ ގޮތުން ބުނެފައިވަނީ ވެކްސިން ތައްޔާރު ކުރުމުގައި އިންގްލެންޑުގެ ޕަބްލިކް ހެލްތް ޔުނިޓުން ކުރަމުންދާ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ.
"މި ވެކްސިނުން މިސާލަކަށް އެނގޭނެ އާބާދީގެ ކިތައް އިންސައްތައަކަށްތޯ ބަލި ޖެހިފައިވަނީ އެއްވެސް އަލާމާތެއް ނުފެނި. ކޮވިޑް-19 ހުއްޓުވުމުގައި ވަރަށް މުހިއްމު ކަމެއް ރަނގަޅަށް މޮނީޓަ ކުރުމަކީ. މިހާރު އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް އިތުރަށް ގޮތްތަކެއް ނިންމޭނީ ވެސް ރަނގަޅަށް މޮނީޓާ ކޮށްގެން." ޕެޓްރިކް ވަލެންސް ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ސަރުކާރުން މިހާރު ވަނީ ހުރިހާ ސްކޫލްތަކެއް މާދަމާ އިން ފަށައިގެން ބަންދުކުރަން ނިންމައިފައެވެ. އިނގިރޭސިވިލާތުގައި އެތައް ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ބިމު އަޑީގެ (ޓިއުބް) ރޭލު ދަތުރުތައް މިހާރުވެސް އޮތީ ބަންދު ކޮށްފައެވެ.
އިނގިރޭސި އަސްކަރިއްޔާއިން މިހާރު ވަނީ ވައިރަހާއި ގުޅިގެން ޖެހިފައިވާ މުސީބާތުން އަރައިގަތުމަށް ޚާއްސަކޮށްގެން އެގައުމުގެ އެކި ސިޓީތަކަށް 20،000 ސިފައިން ފޮނުވައިފައެވެ. ކޮވިޑް-19 އިން ސަލާމަތް އިނގިރޭސި ރާނީ، އެލިޒަބެތް މިހާރު ވަނީ އަމިއްލަފުޅަށް އެކަހެރިވުމުގެ ގޮތުން ވެރިރަށް ލަންޑަން ދޫކުރައްވައި ވަޑައިގަންނަވައިފައެވެ.
ރާނީގޭތާން ނިއެނގެއިދީ
އިނގިރޭސި ވިލާތަށް ހެސް ކިޔާފައި ބަވާ މީހުން އެންމެ ފަހުން އެމީހުން ތައްޔާރު ކުރާ ވެކްސިން ހޯދަން ދުއްވައިގަންނާނެ. މީވާ ވަރެއްގެ ބައެއް. މިމީހުންނަކީ ބުއްދިއެއް ލަދެއް ވެސް ނުހުންނަ ޖާހިލު ޖައްބާރު ބައެއް ބާއޭ މަގޭ ހިތަށް އަރާ
ފައިސާއަށް އެމީހުން ވެސް ވިއްކާނީ..ކާފަރުންނާ ވެސް ވިޔަފާރި ހުއްދަ..
އިނގިރޭސީންނަށް ދިވެހިން ބަވާލެއް އަދި ކުޑަ. އިނގިރޭސީންނަކީ އެމީހުން ދިޔަ ކޮންމެ ތަނެއްގައި ފިތުނަފަސާދަ އުފައްދައި އެތައް ޒަމާނަކަށް އެކަން ދެމިގެންދާ ގޮތަށް ކަންކޮށްފައިވާ ބައެއް. އަދި އެތައް ބައެއްގެ އިންސާނީ ކަރާމަތާއި ހައްގު ނަގާލާފައިވާ ބައެއް. ޑިމޮކްރަސީއޭ ކިޔައިގެން މުސްކުޅި އަންހެނަކާއި އެއަންހެނާގެ އާއިލާއަށް ޚުދު އިނގިރޭސީންނަށްވެސް އޮޅުވާލައިގެން ގައުމަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދުކުރާ ބައެއް.
އޭރުވެސް އިނގިރޭސި ޝާހީ ޢާއިލާގެ މައްޗަށް ބާރުހިންގަނީ ޔަހޫދީ އާއިލާ އެއް. ވަﷲ އަޢްލަމް
އޭ މައިކާލޯއޭ ނުކިޔަބަލަ އިނގިރޭސިންނޭކިޔައިގެން.
ﷲ