ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ ޒުވާނުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.
މީގެ ކުރިން ކޮވިޑް-19 ޖެހޭ ޖެހުނު މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ނެތް ޒުވާނުންނަށް މާސީރިއަސް މައްސަލަތަކެއް ދިމައެއް ނުވެއެވެ. ސިއްހަތު ރަނގަޅު ޒުވާނުންނަށް މާބޮޑު ފަރުވާއެއް ނުދިން ނަމަވެސް އައީ ކޮވިޑް-19 އިން ރަނގަޅު ވަމުންނެވެ.
ނަމަވެސް މިހާރު ހާއްސަކޮށް އިޓަލީވިލާތާއި ފަރަންސޭސިވިލާތުގައި ކޮވިޑް-19 ޖެހޭ ޒުވާނުންގެ ތެރެއިން ހާލު ސީރިއަސްވާ ޒުވާނުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެމެރިކާ ސަރުކާރުން ވެސް މިއަދު ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަ ކުރެވޭކަމަށް ބުނެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮވިޑް-19 ގެ ކަންކަން ބަލަހައްޓަން އެމެރިކާ އިން އެކުލަވާލާފައި އޮންނަ ޓާސްކް ފޯސްގެ ކޯޑިނޭޓަރ ޑެބްރާ ބިޒް ވިދާޅުވީ އިޓަލީވިލާތާއި ފަރަންސޭސިވިލާތުން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ގިނަ ޒުވާނުންގެ ހާލު ސީރިއަސް ވަމުންދާކަމުގެ ރިޕޯޓް ލިބެމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ނެތް ނަމަވެސް ފުއްޕާމޭގެ މައްސަލަތައް ހުންނަ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑެވެ. ގިނައިން ސިނގިރޭޓް ބޮއެފައިވާ މީހުން ނުވަތަ ވޭޕް ބޭނުން ކޮށްފައިވާ މީހުންގެ ހާލަތު ގޯސްވާކަމަށް ދިރާސާތަކުން ދައްކައެވެ.
ކޮވިޑް-19 ޖެހޭ ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުންގެ ހާލަތު ސީރިއަސްވާކަން މިހާރު ފާހަގަ ކުރެވުނު ނަމަވެސް މިއީ ވައިރަސް އަށް އައި ބަދަލެއްގެ ސަބަބުން ދިމާވާ ކަމެއްކަން ނުވަތަ ނޫންކަން ވެސް އަދި ކަށަވަރެއް ނުވެއެވެ.
ކޮވިޑް-19 އަކީ އާވައިރަސް އަކަށް ވުމުން މިވައިރަސް އާއި ގުޅޭ ގޮތުން އަދި ސައިންސްވެރިންނަށް ވެސް ހޯދައި ނުގަނެވޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ތިޔަ ބަލި ފެތުރިއްޖެނަމަ މިރާއްޖެއަށްވެސް ވުން ކައިރިގޮތަކީ ތިޔައީ. އެއީ ޔޫރަޕް މީހުންނެކޭ އެއްގޮތަށް ދޮން މީހުން އުޅޭ ގޮތަށް އުޅޭ ޒުވާނުން އެބައުޅޭ. ޚާއްޞަކޮށް ގޮޅިޖެހި ގަމީހާއި ފަށްއަޅާފައި އަދިރި ޓީޝާޓްލައިގެން ބޮލުގައި ފަގުޑިއަޅައިގެން އުޅޭ ޒުވާން ޕާޓީއަށް ތިހެން ވުން އެކަށީގެންވޭ.
އެއީރާބޯތީ
ރާއްޖެއަކީ ސިގިރޭޓް އާ ރެޑްބުލް ބޯމީހުން ނިސްބަތުން ގިނަ ގައުމެއް. ބަންގާޅީންވެސް ސިގިރޭޓްބޯލެއް މަދެއްނޫން. ޑިއުޓީ ބޮޑުކުރުމުންވެސް ވީމަކަމެއްނެތް. ސިގިރޭޓް ހުއްޓުވުމަށް ސަރުކާރުގެ ޕޮލިސީއެއްވެސް ނެތް.
އެއްމެ ސަކަރާތްވާނީ ފާޑު ފާޑުގެ ޑްރަގް ނަގައި ސިނގިރެޓް ބޯމީހުންގެ.
ޢެކަހަލަ މީހުން ވަގުތުން އެކަން ހުއްޓާލާ ބަލިޖެހުމަށް އޮތް ފުރުސަތު ނައްތާލައި މުޅިން އެކަހެރިވެ ތިބުން މުހިއްމު
މޫނު ބުރުގާވެސް މަނާ ކޮށް ދުރުހެލިވެފަވާ މީހުން އެކަހަލަ ގޮތަކަށް ފަރުދާވެގެން އުޅެންޖެހިފައޮށްވަ މިފެންނަނީ. ސުބުހާނަﷲ
މިވައިރަސް ހީވަނީ މިއުޓޭޓްވާން ފެއްޓީހެން.