މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސިވިލާތުން ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާނުތައް ކެންސަލްކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ދެންމެ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މި އަހަރުގެ މޭ ޖޫންގައި ބާއްވާ ޖީސީއެސްސީ އާއި އޭލެވެލް އިމްތިހާނު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެއާއެކު އެގައުމުގެ ހުރިހާ ސްކޫލް ތަކެއްވެސް ވަނީ ބަންދުކޮށްފައެވެ.
ބޮރިސް ވިދާޅުވީ ސްކޫލްތައް ބަންދުކުރީ ރޯގާގެ ހާލަތު ރަނގަޅުވުމުން ނޫނީ ނުހުޅުވާ ގޮތަށް، ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށެވެ. އަދި މި ނިންމުމާ އެކު، އިންގްލެންޑާއި ވޭލްސް އަދި ސްކޮޓްލެންޑުގެ ސްކޫލްތައް ހުކުރު ދުވަހުން ފެށިގެން ބަންދުވާނެ ކަމަށާއި، ނޮދަން އަޔަލެންޑުގެ ސްކޫލްތައް ހޯމަ ދުވަހުން ފެށިގެން ބަންދުވާނެ ކަމަށްވެސް ބޮރިސް ވަނީ ވިދާޅުވެފައެވެ.
ބޮރިސް އިތުރަށް ވިދާޅުވީ އިމްތިހާނުތައް ނެތްކަމުގައި ވީނަމަވެސް ދަރިވަރުންގެ ކެރިއަރަށް ބޭނުންވާ ކޮލިފިކޭޝަން ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދެލައްކައަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު، އިނގިރޭސި ވިލާތުންވެސް 2،600 މީހަކަށް މިހާރު ވަނީ މި ބަލި ޖެހިފައެވެ. އަދި އެގައުމުން ކޮވިޑް-19 ޖެހިގެން މިހާތަނަށް 104 މީހަކު ވަނީ މަރުވެފައެވެ.
ރައްޖެ އަށް ތި ކެމްބްރިޖް އެގްޒަމް ށިޓު ގެންނަނި އިނގިރެސިވިލަތުން އެހެންވެޖެއްޔަ މިތަވެސް ތި އިމްތިހަނު ފަސްވަނެެނުންތޯ
ރާއްޖޭގައި ހަދަނީ މޭޖޫން އެގްޒާމް އެއް ނޫން. އެހެންވީމައި އަދި ކެންސަލް އެއް ނުވޭ.
އިންޓަނޭޝަނަލް އެގްޒާމް ތައް ކެންސަލެއް ނުކުރޭ.