ޗައިނާ އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންޑިޔާއާ ދެކޮޅަށް އަމާޒުކޮށްފާނެ ހަމަލާއެއް ކުރީބައިގައި ދެނެގަތުމަށާއި އެދެ އަސްކަރިއްޔާއަށް ޖާސޫސް ކުރުމަށް އިންޑިޔާއިން ވަރަށް އަވަހަށް ސެޓްލައިޓެއް ލޯންޗް ކުރާނެ ކަމަށް އިންޑިޔާގެ ޖައްވީ ކަންކަމާ ބެހޭ އިދާރާ އިންޑިއަން ސުޕޭސް ރިސާރޗް އޯގަނައިޒޭޝަން ( އައި.އެސް.އާރ.އޯ) އިން ބުނެފިއެވެ.
އައި.އެސް.އާރ.އޯ އިން ބުނެފައިވަނީ މިއަހަރު ނިމުމުގެ ކުރިން މިހާރު ތާވަލުގައި އޮތް 800 ކުރޯޑްގެ ސެޓްލައިޓްގެ އިތުރުން އިންޑިޔާ އެތެރޭގެ މުއާމަލާތްތަކުގައި އެހީތެރިވުމަށް ސެޓްލައިޓްއަކާއި އިންޑިޔަޔަން އެއަރފޯސް ބާރުވެރި ކުރުމަށްޓަކައި އިތުރު ސެޓްލައިޓްއެއް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އައި.އެސް.އާރ.އޯ ބުނެފައިވަނީ މި ސެޓްލައިޓްއަކީ 2013 ވަނަ އަހަރު އެޤައުމުން އުދުއްސާލި ސެޓްލައިޓްއާއި ދާދި އެއްގޮތަކަށް ފަރުމާ ކުރަމުން އަންނަ ސެޓްލައިޓެއް ކަމަށާއި އިންޑިޔާގެ ކަނޑުގެ ސަރަހައްދު ޙިމާޔަތް ކުރުމަށް މިސެޓްލައިޓްއިން ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެކަމަށެވެ. އަދި އިންޑިޔާއަށް އަވައްޓެރި ޤައުމުތަކުން ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށްވެސް މިސެޓްލައިޓް ބޭނުން ކުރެވޭނެކަމަށް އައި.އެސް.އާރ.އޯ މައުލޫމާތުދެއެވެ.
ހަމަ އެރުވީ ވައްޓާލީ. ލާހިކެއްނޫން 1 ގަޑިއިރުވެސް އެތާ މަތީ އޮންނާކަށް
ކޮބައި ކޮން އިރަކުންތަ ރޭޕްކުރާ ސްޓްލައިޓެއް ޖައްވަށް ފޮނުވަނީ!
ފުރުތަމަ ފާހާނާ އަޅާބަލަ!