މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފުތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެކްސިކޯ އާއި ރަޝިއާއިން މީހަކު މަރުވެއްޖެ އެވެ.

މެކްސިކޯއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 118 އަށް އަރާފައެވެ. އޭގެ ތެރެެއިން 25 މީހަކު މި ވައިރަސްއަށް ފައްސި (ޕޮޒިޓީވް)ވީ މިއަދުއެވެ. އަދި އެ ގައުމުން 4 މީހަކު މި ބަލި ޖެހިގެން ރަނގަޅުވިިއިރު، އެކަކުގެ ހާލު ސީރިއަސް އެވެ.

ރަޝިއާއަށް ބަލާއިރު، އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 147 އަށް ވަނީ އަރާފައެެވެ. އެ ގައުމުން މި ވައިރަސް ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 8 އަށް ވަނީ އަރާފައެެވެ. އެ ގައުމުން މި ވައިރަސް ޖެހުނު އެއްވެސް މީހެެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 220,995 އަށް އަރާފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 8,990 އަށް އަރާފައިވައިރު، މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 85,782 އަށް ވަނީ އަރާފައެވެ.

އަދި މި ބަލި ފެނުނު ގައުމުތަކުގެ އަދަދު ވަނީ 176 އަށް އަރާފައެވެ.

މި ބަލި ޖެހިގެން އެންމެ ގިނަބަޔަކު މަރުވެފައި ވަނީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީންނެވެ/

ކިޔުންތެރިންގެ ހިޔާލު