އަންނަ އާދީއްތަ ދުވަހު އިންޑިއާގައި ކާފިއު އިއުލާން ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެންމެ ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގައި ކާފިއު އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19 އަށް އިންޑިއާ ތައްޔާރުވެފައި އޮތް މިންވަރު ދުނިޔެއަށް ދައްކާލުމަށް ކުރިއަށް ގެންދާ ކާފިއުއެކެވެ.

"ޖަނަތާ ކާފިއު" ގައި ނަމުގައި އިއުލާން ކުރާ ކާފިއު އަކީ އަމިއްލަ އަށް ކޮންމެ މީހަކު ވެސް ގޭގައި މަޑުކުރަން އަންގާ އިއުލާން ކުރާ ކާފިއުއެކެވެ. އަދި ނިންމާފައި އޮތީ އާދީއްތަ ދުވަހު އެކަނި ކާފިއު ކުރިއަށް ގެންދާށެވެ. ކާފިއު ދެމިއޮންނާނީ 22 ވަނަ ދުވަހު ހެނދުނު 07:00 އިން އެދުވަހުގެ ރޭ އިރުއޮއްސި 21:00 އާއި ހަމައަށް ކަމަށް މޯދީ ވިދާޅުވިއެވެ.

ކާފިއު އިއުލާން ކުރި ނަމަވެސް ކޮންމެހެން ގެއިން ނިކުންނަން ޖެހޭ ކުއްލި ހާލަތެއް ކުރިމަތިވެއްޖެނަމަ ނުވަތަ ޒަރޫރީ ބޭނުމެއްގައި ގެއިން ނިކުންނަން ޖެހިއްޖެނަމަ ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތުގައި ވެސް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށް މޯދީ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ހަވީރު 17:00 ގައި ސިއްހީ ދާއިރާގެ މީހުން ކުރަމުން ގެންދާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ފަސް މިނެޓް ވަންދެން މުޅި އިންޑިއާގައި ހަރަކާތްތަކެއް ހިންގުމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބެލްކަނިތަކުން ނުވަތަ ގޭގެ ދޮރު ހުޅުވައިގެން އަތް ޖެހުން، ބެލް ޖެހުން، ސައިރަން އެޅުން ފަދަ ކަންތައްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 193 އަށް އަރާފައެވެ. އޭތެރެއިން 32 މީހުންނަކީ އެހެން ގައުމުތަކުގެ މީހުންނެވެ. މިހާތަނަށް އިންޑިއާ އިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި ދެމީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލިން މި ބަލީގެ އަލާމާތް ތަކެއް ހުރި މީހަކު ފެނިއްޖެ. އިންޑިޔާއިން އައި މާމިގިލީ މީހެއް ގައެން...

    19
    1
  2. އިންޑި

    ކަންދަ އްކަންތަވީ އަދިވެސްމޯދީ.

    29
  3. ވަގު ސަރުކާރު

    ހެވެއްނުން. އަދިވެސް އިންޑިއާ މީހުން ނުގެނެވިގެން މިސަރުކާރުން އުޅެނީ. އަޅެފަހެ ކިހިނެއްވެފައި ތިބި ބައެއްތަ މި ގައުމު ހިންގަން މިތިބީ

    20
    1
  4. ސަމީ

    އަދިވެސް މި އިންޑިޔާ މީހުންގެ ކަމަކީ ވޯލްޑް ރިކޯރޑް ހެދޯތޯ ބަލެުން ދޯ،

    (މިއީ ކޮވިޑް-19 އަށް އިންޑިއާ ތައްޔާރުވެފައި އޮތް މިންވަރު ދުނިޔެއަށް ދައްކާލުމަށް ކުރިއަށް ގެންދާ ކާފިއުއެކެވެ.) ކަންދެއްކުމަށްނޫން ގޮތަކަށް މި މީހުންނަށް ކަމެއް ކުރެވޭ ކަމަކަށް ނުވޭ، ބަލަ ކެނެރީގޭ މޯދި އަދިވެސް އިންޑިޔާ އިން މީހުން އައުން މަނާ ކުރާޚަށް ނުވޭތަ، ލަދުކުޑަ

    19