ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ކަޒަކިސްތާނުން ތިން މީހަކު މަރުވެއްޖެއެވެ.

އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 44 އަށް އަރާއިރު އޭގެ ތެރެއިން އަށް މީހަކު ފައްސިވެފައި ވަނީ މިއަދުއެވެ.

އެ ގައުމުން ކޮވިޑް-19 ޖެހުނު އެއްވެސް މީހަކު ރަނގަޅުވެފައެއް ނުވެއެވެ.

އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީޙުންގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، މުޅި ދުނިޔެއިން 38 ގައުމުން 1046 މީހަކު މި ބަލި ޖެހިގެން މަރުވެފައި ވެއެވެ.

މުޅު ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 244,526އަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަަދަދު 10,009 އަށް އަރާފައިވާއިރު، މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދަކީ 87,407 އެވެ.

މި ބަލި ފެނުނު ގައުމުތަކުގެ އަދަދު ބަނީ 178 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު