މައްކާގެ މަސްޖިދުލް ހަރަމާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އެކަން މަނާ ކުރީ މިއަދުން ފެށިގެންނެވެ.
"ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކާއި ސަލާމަތީ ބަރާއި ސިއްހީ އިދާރާތަކުން ވަނީ މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ޖަމާއަތުގައި ނަމާދު ކުރުން މާރިޗް 20 ވާ ހުކުރު ދުވަހުން ފެށުގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައި". ޓްވިޓާގައި ތަރުޖަމާނު ނެރެއްވި ބަޔާނުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ފިޔަވަޅު އަޅާފައި ވަނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކަމަށެވެ.
ކުރިން ސައުދީން އޮތީ އެ ދެ މިސްކިތް ފިޔަވާ އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ނުކުރެވޭ ގޮތަށް މަނާކޮށްފައެވެ. ނަމަވެސް އެ މިސްކިތްތަކުގައި ބަންގި ގޮވޭނެއެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން މިފިޔަވަޅުތައް އަޅަން އެޅީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.
އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 273 އަށް ވަނީ އަރާފައެވެ. އެ ގައުމުން މި ވައިރަސް ޖެހިގެން އެއްވެސް މީހަކު މަރުވެފައިނުވާއިރު، މި ބަލި ޖެހުނު އަށް މީހަކު ވަނީ ރަނގަޅު ވެފައެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން ސައުދީ އަރަބިއްޔާ އިން ވަނީ މީގެ ކުރިން ހުކުރު ނަމާދު 15 މިނެޓަށް ވުރެ ދިގު ނުކުރަން ވެސް އަންގާފައެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.
ސުބުހާނަށްﷲ! ހާދަ ހިތާމަ ހުރި ހަބަރަކޭ! މާއްﷲ މިނުރައްކާތެރި ވައިރަސްއިން މުސްލިމް އުއްމަތް ސަލާމަތް ކުރަށްވާނދޭވެ!!!
އަވަހަށް ދުއާކޮށް ގުނޫތު ކިޔައި ހަދާބަލަ ގިބުލައަށް ކުރިމަތިލައިގެން ވިޔަސް
ސުބުހާނަﷲ ހުރިހިތާމައެއްގެބޮޑުކަމާ މާތްﷲ މާތްﷲ މިނުރައްކާތެރި ވައިރަސްއިން މުސްލިމް އުއްމަތް ސަލާމަތް ކުރަށްވާށިއެވެ އާމީން އާމީން އާމީމް
މައްކާގައިހުންނަ ކައުބަތުއްﷲގެފުޅާއި އެތާގައި ހައްޖުއުމުރާއާއި އަޅުކަންތަކީ ކީރިތި ގުރުއާނުގެ އާޔަތްތަކުގެ ތެރެއިން ވާ އާޔަތަކަށްވާއިރު ސައުދީގެ މިހާރުގެ ރަސްކަމުގައި ތިބިމީހުންނަކި ހުޅަގުގެ ވައްޓަފާޅިއަށް ސައުދީއަށް ގެންނަންމައްސައްކަތް ކުރާ ލާދީނީ ބައެއްކަން ވަނީފާހަގަކުރެވިފައެވެ. ހަރަމްފުޅުގައި ނަމާދުކުރުމާއި އަޅުކަންކުރުނަ ބަންދުކުރަންޖެހޭ އެއްވެސްހާލަތެއް އަދި ސައުދީއަކަށް އައިސް ފައިނެތެވެ ފެންނަނީ ސައުދީގެ ލާދީނީގޮތަކެވެ
މައްކާގައިހުންނަ ކައުބަތުއްﷲގެފުޅާއި އެތާގައި ހައްޖުއުމުރާއާއި އަޅުކަންތަކީ ކީރިތި ގުރުއާނުގެ އާޔަތްތަކުގެ ތެރެއިން ވާ އާޔަތަކަށްވާއިރު ސައުދީގެ މިހާރުގެ ރަސްކަމުގައި ތިބިމީހުންނަކި ހުޅަގުގެ ވައްޓަފާޅިއަށް ސައުދީއަށް ގެންނަންމައްސައްކަތް ކުރާ ލާދީނީ ބައެއްކަން ވަނީފާހަގަކުރެވިފައެވެ. ހަރަމްފުޅުގައި ނަމާދުކުރުމާއި އަޅުކަންކުރުނަ ބަންދުކުރަންޖެހޭ އެއްވެސްހާލަތެއް އަދި ސައުދީއަކަށް އައިސް ފައިނެތެވެ ފެންނަނީ ސައުދީގެ ލާދީނީގޮތަކެވެ
މިއީ މުސްލިމުން ކަންބޮޑުވާންޖެހޭވަރުގެ ކަމެއް ކުޅިވަރެއްނޫން މަޖާކަމެއްވެސް ނޫން ހުރީހާމުސްލިމުން އަތާއަތްގުޅާލައިގެން އެއްނިޔަތެެްގައި އެއްރޫހެއްގައި ނުކުންނަވާ މާތްﷲ އަށް ދުޢާކުރަމާހިންގަވާ ޖާޢަތުގައިނޫންނަ ފަރުދީގޮތުންވެސް އެމީހަކު ހުރިތަނެއްގައިހުރެ 5 ވަގުތު ނަމާދުކޮށް ދުޢާކުރުން ގިނަކުރަންވީ ސަރުކާރާއި ސިއްހީ ދާއިރާގެ ހަމައެކަނި ކަމަކަށް މިކަން ނުހައްދަވާ ޔާﷲ މިނުރައްކާތެރި ކޮރޯނާ ވައިރަސްއިންއިން ދުނިޔޭގެ މުސްލިމުންސަލާމަތްކޮށްދެއްވާންދޭ