ކޮވިޑް-19 ފެތުރުމުގެ ބިރު އޮތުމުން ތުރުކީވިލާތުގައި ވެސް ޖަމާޢަތުގައި ނަމާދު ކުރުން މަނާކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ތުރުކީގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން އެގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ތުރުކީގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ އިސް އިދާރާގެ ވެރިޔާ އަލީ އައްބާސް ވިދާޅުވީ ކޮވިޑް-19 ގެ ބިރުވެރިކަން މިހާރު ބޮޑުވެފައި އޮތް މިންވަރާއި އަޅައި ބަލާއިރު މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލުން އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"އިންސާނުން ނުރައްކަލަށް ހުށަހެޅުން އެއީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން. އިސްލާމްދީން ބާރުއަޅަނީ ނުރައްކާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން. މިކާރިސާ އިން ސަލާމަތްވަންދެން ހުރިހާ އެންމެން ވެސް ނަމާދު ކުރަމުން ގެންދާނީ ގޭގައި ތިބެގެން." އަލީ އައްބާސް ވިދާޅުވިއެވެ.

މިއަދުގެ ހުކުރު ނަމާދު ވެސް ތުރުކީ ވިލާތުގެ މިސްކިތްތަކުގައި ނުކުރާނެއެވެ. ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ތުރުކީގެ މިސްކިތްތައް ބަންދުކޮށްފައެއް ނުވެއެވެ. ވަކިވަކިން މިސްކިތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށް "އަންކާރާ" ގައި ތިބި ބައިނަލްއަޤުވާމީ ނޫސްވެރިން ބުނެއެވެ. ތުރުކީގެ އެކި ސަރަހައްދުތަކުގައި 90000 މިސްކިތް ހުންނަ ކަމަށް ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތުރުކީވިލާތުގެ ސްކޫލްތަކާއި ޔުނިވަސިޓީތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ހޯމަ ދުވަހުން ފެށިގެން ނައިޓް ކްލަބްތަކާއި، ބާތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ތުރުކީވިލާތުން މިހާތަނަށް ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އުމްރާގެ އަޅުކަން އަދާކޮށްފައި އެނބުރި ތުރުކީއަށް ދިޔަ އެތައް ހާސް ބަޔަކު އެގައުމުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޥަގު

    ނަރީޝް މަޑަސީލަ އަށް އަރާ ފެލިފަ ބުނޭ އެއީ މި ސަރުކާރުގަ ލާދީނޭ ކަމުންނޭ

    ބޮޑަށް ރަނގަޅީ ކަރުން ލޭ އަންނަ ވަރަށް ފެލިގަތީމާ

    ކޮލަމާފުށްޓަށް ވެސް ހުތުރު

    8
    5
  2. ހުސޭނުބޭ

    އަލްމައުލާނާ ތަހްޤީޤުބޭ ލައްވާ ތިކަމުގެ ޖިނާޢީ ތަޙްޤީޤެއް ކުރަން ގޮވާލަން!

  3. ބޭރި

    ހުހަށް ހުރި ފަޅުތަނަކުން ވާނެ ފައިދާއެއް ކޮބާ؟