ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން ގެންދާ ކޮވިޑް-19 ވައިރަސްގެ ސަބަބުން އީރާނުން އަނެއްކާވެސް ގިނަ ބަޔަކު މަރުވެއްޖެއެވެ.

މިހާރު ވައިރަސްގެ އަސަރު ދެވަނަ އަށް އެންމެ ގަދައަށް ކުރަމުންދާ އީރާނުން އިތުރު 149 މީހެއް މަރުވުމާއި އެކު ވައިރަސްގެ ޝިކާރަ އަކަށްްްވެ އެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،433 ށް އަރާފައެެވެ. އަދި ވަައިރަހަށް އަލަށް ފައްސި (ޕޮސިޓިވް) ވި މީހުންގެ އަދަދު ވަނީ 1،237 ށް އަރާފައެެވެ. އަދި ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،644 ށް އިތުރުވެފައެެވެ.

ދާދި ފަހުން އީރާނުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ފެތުރެމުން އަންނަ ވައިރަސްގެ ޝިކާރަ އަކަށްވެ ކޮންމެ 10 މިނެޓަކުން އެ ގައުމުގެ ރައްޔިތަކު ދަނީ މަރުވަމުންނެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މުޅިން ވައިރަސް ކޮންޓްރޯލް ކޮށްފައި ވީ ނަމަވެސް އިޓަލީގައި ވައިރަސް ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ. މިހާރު ވައިރަސްގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވެސް ވަނީ އިޓަލީ އިންނެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ޗައިނާ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު