ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާ ރައްޔިތުންގެ ޒަރޫރީ ހުރިހާ ބޭނުމެއް ފުއްދަވައި ދެއްވާނޭކަމަށް އެގައުމު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

އިއްޔެ ޓީވީގެ ޒަރިއްޔާއިން ސައުދީ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން ސަލްމާން ވިދާޅުވެފައި ވަނީ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތައް ކަމުގައިވާ ފެނާއި ކާނާގެ އިތުރުން ސިއްޙީ ފަރުވާ އާއި ދިރިއުޅުމުގައި ބޭނުންވާނެ އެނޫންވެސް ޒަރޫރީ ބޭނުންތައް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

”އެއްވެސް ޝައްކެއް ނެތް، އަޅުގަނޑުމެން ރައްޔިތުންނާއި މި ބިމުގައި ދިރިއުޅެމުން އަންނަ ހުރިހާ ފަރާތަކަށް ބޭނުންވާނެ ސިއްހީ ފަރުވާ އާއި ކާނާގެ އިތުރުން އެނޫންވެސް ޒަރޫރީ ބޭނުންތައް ފޯރުކޮށްދޭނެ. ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް އަންނަނީ ގުޅިގެން މަސައްކަތް ކުރަމުން“ ރަސްގެފާނު ވިދާޅުވެފައި ވެއެވެ.

ސައުދީގައި 118ށް ވުރެ ގިނަ މީހުން ވައިރަސް އަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، ދާދި ފަހުން އެ ގައުމުގެ ހުރިހާ ކެފޭ ރެސްޓޯރަންޓުގެ ޙިދުމަތް ދޭ ތަންތަނާއި، ޝޮޕިން މޯލްތަކުގެ އިތުރުން ޕާކުތައްވެސް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން، މައްކާގެ ޙަރަމްފުޅާއި މަސްޖިދުލް ނަބަވީގައި ވަގުތީގޮތުން ނަމާދު ކުރުންވެސް މެދުކަނޑާލާފައި ވާއިރު ސައުދީ ސަރުކާރުން ވަނީ އެގައުމުގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 120 ބިލިއަން ރިޔާލް ނުވަތަ 31.93 ބިލިއަން އެމެރިކާ ޑޮލަރުވެސް ޙަރަދުކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ރަސްގެފާނުގެ ދީލަތިއެޙީފުޅާއެކު ފ އަތޮޅުގައި ހިންގަންއުޅުނު މަސްރޫއުވެސް ހުއްޓުވީ ރީދޫ ގުރޫޕު މިރީދޫގުރޫޕަކީ ހަމަ މިގައުމުގެ ހަލާކު މި ގުރޫޕަކީ މިގައުމަށްޖެހިފައިވާ ބޮޑު މުސީބާތެއެް ﷲ މިލާދީނީ ބައިގަޑު ކިބައިން މިގައުމު ސަލާމަތް ކުރައްވާށި އާމީން

    54
    6
    • ބޮއިކޮޓް މޯލްޑިވސް

      އާމީން އާމީން

  2. ޣގދފރ

    ސަލްމަން ރަސްގެ ފަންގެ ނިންމުން ވަރަށް ރަގަނޅު

    74
    1
  3. އޯގާތެވުން

    އަލްހަމްދުﷲ އޯގާ ތެރީންނަކީތީ ކޮބާތަ ދިވެހިރާއްޖޭގެ ވެރިން މުށްސަދިން މަހުޖަނުން ފެނޭ ތޯ!

    50
    2
  4. ދިވެއްސެއް ވީމަ ބުނަމޭ

    ތަފާތު ތަކާ އެކުވެސް އަރަބިންގެ މަތިވެރި އަޚްލާގް

    14
  5. ޒަޔަނިސްޓުން

    ތިއީ އިސްލާމީ އުއްމަތުގެ ޚަޒާނާ. ތިޝާހީ އާއިލާ އަކީ ހަރުބީ ކާފަރުންނާއި އެކީ ބައިޢަތު ހިފައިގެން ތިބި ބަޔެއް.

    8
    4
    • އެނަލިސްޓް

      މިރާއްޖޭގެ ވެރިންވެސް މިތިބީ ހަރުބީއާއި މަޑުބީ ކާފަރުންނާވެސް ބައިއަތު ހިފާގެން.

  6. Anonymous

    ރަސްގެފާނު މިގައުމަށްވެސް ދީލަތި އެހީއަށް ވެދެއްވާ،

    14
  7. ޒަމީރު

    މަލިކު ސަލްމާން ރައްކާ ކުރައްވާ ތަޥްފީޤު ދެއްވާށި.
    ކުރީ ބައިގައި ވަރަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅުއްވައިފި ރައްޔިތުންގެ ހިމާޔަތަށްޓަކާ. އީރާނުގެ ނުރައްކާ ވެސް އެންމެ ފުރަތަމަ ރޭކާލީ ސައޫދީ އަށް. މިހާރު ދުނިޔޭގެ އެހެން ގައުމުތަކުން އީރާނަށް ދަތުރުކުރުން މަނާކުރަމުން ދަނީ

  8. ވެރިޔާ

    ޑިމޮކްރަސީއޭ ކިޔާ ހަޅޭލަވާ ވެރިންނަށްވުރެ 1000 ގުނަ ރަނގަޅު.

    13
  9. މި

    މިރައީސް ހުރި ނަމަ ހަމަ އެހެން ހަދާނެ. ނޭނގޭނީ އޭނާ ކޮށްފަ ނުކުރާނެ ކަންތައް

  10. Anonymous

    ބަލަ މިހިރަ ދުުއްރާސާ. ޢަހަރެމެންނަށް އެނގެނޔޭ މިކަމުންއަރައި ގަނެވޭނެކަން.