ކޮވިޑް-19 ޖެހިގެން ފްރާންސް އިން އިތުރު 78 މީހަކު މަރުވެއްޖެއެވެ.

މިހާރު އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 450 އަށް އަރާފައެވެ.

އެގައުމުން އިތުރު 1617 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ގައުމުން މި ވައިރަސްއަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ ޖުމްލަ އަދަދު 12612 އަރައިރު، އެ ބަލި ޖެހިގެން ފަރުވާ ހޯދަމުންދިޔަ 1295 މީހަކު ވަނީ ރަނގަޅުވެފައެވެ.

އަދި 1122 މީހަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.

މިއަދު މިހާތަނަށް މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1249 އަށް އަރާފައެވެ. އަދި މި ވައިރަހަށް ފައްސިވި މީހުންގެ އަދަދު 26247 އަށް ވަނީ އަރާފައެވެ.

މި ބަލި ޖެހިގެން އާންމުކޮށް މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ އެކި ބަލިތައް ހުންނަ މީހުންނާއި، އަދި އެކި ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު