އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ވެރިކަންކުރާ ބީޖޭޕީ އިސްވެ އޮވެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚަމާނީ ގޮވާލައިފިއެވެ.

ޚަމާނީ މިގޮތަށް ގޮވާލާފައިވަނީ، އިންޑިއާގައި މިހާރު ހިންގަމުންދާ ކަންކަމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޚަމާނީ ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާއި ގޯނާތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އިންޑިއާގެ މުސްލިމުންގެ ހިތްތަކާއިގުޅިފައިވާ މުސްލިމުންގެ ބޮޑު އާބާދީއެއް އެބައޮތް ކަމަށާއި، އެހެންކަމުން އިންޑިއާގައި މިހާރު ހިންގަމުންދާ ކަންކަމަކީ މުސްލިމުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޚަމާނީ ވަނީ ވިދާޅުވެފައެވެ.

އީރާނުން ވަނީ އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ކަންކަމަކީ ރާވައިގެން ހިންގާ ޖަރީމާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ޖަރީމާތަކަކީ އިންޑިއާގައި އޮތް މުސްލިމުންގެ އާބާދީ ނައްތާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމަށް އައުމުގެ ކުރީން އޭނާ ނިސްބަތްވާ ޕާޓީން ވެފައިވާ ވަޢުދާއި އެއްގޮތަށް ހިންގަމުންދާ ކަމެއްކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ބީޖޭޕީ އިސްވެއޮވެ އިންޑިއާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އީރާނުގެ ލީޑަރު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވަނީ، އީރާން ފަދަ ޤައުމަކުން އެފަދަ "ކޮމެންޓެއް" ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މުސްލިމުންނާއި ދެކޮޅަށް އިންޑިއާގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް 44 މީހަކު ވަނީ މަރާލާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް ވެރިކަމުގައި ތިބި ފަރާތްތަކުން ހިންގާ އެންމެ ބޮޑު އެއް ޖަރީމާއެވެ. އިންޑިއާގެ ސަރުކާރުން މީގެ ކުރިން ވަނީ އެޤައުމުގައި އުޅޭ މުސްލިމުން ޤައުމުން ބޭރުކޮށް ފައްސާލުމުގެ ގޮތުން، އެމީހުންގެ ރަށްވެހިކަން ގެއްލޭ ބިލެއްވެސް ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހުސޭނުބޭ

    ސަޢުދީ ރަސްގެފާނަށްވުރެ މީނަވެސް މާ ރަގަޅު!

    69
    5
    • ޖަންނަތު

      ހުސޭނުބޭ..ހަދާންވޭތަ2014 ވަނަ އަހަރު ހަމާސް އާ އީ އިސްރާ އީލުގެ ކުރިމަތިލުން...އީރާންގެ ބާރުން އިސްރާ އީލު ފަހަތަށް ޖެހުނީ. އަދި މިޔަންމާ ދެކޮޅަށްވެސް އީރާނުން ހަމަލާދޭން ކަމުގެ އިންޒާރުދިން...ސަ އޫދީ އަކީ ސަ އްދާމްހުސަ އިން ފަނާކުރުމުގަ އި އެމަރިކާ އަށް އެހީވިމީހުން.

      43
      2
  2. ބޯގޯނި

    އެކަމަކު މީ މުސްލިމުން ކަމަށް ނުދެކޭ ބަޔަކު އުޅޭތަން އެބަ ފެނޭ

    38
    1
    • ހަގީގަތް

      ސުންނީ މުސްލިމުންނެއް ނޫން. ޝީޔައީން

      28
      1
      • އަސްލު

        ސުންނީން ބުނަނީ ޝިއައީން މުސްލިމު ވައްތަރު ނޫނޯ

        11
        1
    • ޝނޒރހ

      އިސްލާމްދީނުގެ ފަސް ރުކުން އަދާ ކުރޭބާ؟

  3. އެޖެންޑާ 19

    ދިވެހިރާއްޖެއިން އެކަން މަނާ ކުރާކަށް ނުވޭތޯ...
    މުސްލިމަކަށް އަނިޔާއެއް ކުރާކަށް އެއްވެސް ދާހިލީއެއް ހުއްދަކޮށްފަ އިސްލާމީ ޝަރީއަތަކު ނޯވޭ...މުސްލިމަކަށް އަނިޔާ ކުރަންޔާ އެހެން ހުރިހާ މުސްލިމުންނާ ބެހެވޭނެ...އިންޑިޔާގެ ގާނޫނެއް ދިވެހި ގާނޫނެއް އިސްލާމީ ޝަރީއާގެ މައްޗަކަށް ނާރާނެ....

    59
    1
  4. ނަސީދު

    ޢިނާޑިޔާ މީހުންނައް ވަރުގަދަ ލަޑެއް ލިބޭނެކަމާމެދު އެއްވެސް ސައްކެތް ނުކުރަން

    51
    2
    • އިންޑިއާ

      ކަލޭމެން ތިހެން ބުނި ޗައިނާއަށް ވެސް. ނިކަން ބަލާބަލަ ކަލޭމެން މިއަދު ތިބި ހާލު. އަހަރެމެން އަތްދޫކޮށްލާއިރަށް ތިޔަ އަނގަފުޅާ ކުރާ އެންމެން ދާނީ އިންޑިޔާގެ ބަނޑުދަށަށް.

      3
      11
  5. އެކްޓަރ

    ޕީޖީޕީގެ މިޖަރީމާތަކަށް ވާގިދޭކަމަށްބެލެވޭ ރ.ނަޝީދުއާއި މިސަރުކާރު. ކޮންމެވެސް ދުވަހަކުން މިކަމުގެ ހިތި ނަތީޖާ ފެންނާނެ...

    44
    28
  6. ޖައުފަރު

    މިވަރު ކަމެއްވެސް މި އުޅޭ ޙަގީގީ މުސްލިމުންކަމަށް ބުނާ '' ސުންނީ ޖަމާޢަތުގެ '' ވެރިއަކަށް ކޮށްލަން ނުކެރުނު

    53
    1
  7. މޯޑް

    އެތަށް ހާސް ކިލޯމީޓަރެއްގެ ދުރުމިނުގައި ހުރެ ތިހެން ހަމަބުނެލާރަށް ހުއްޓާނެހެން ހީވޭތަ!!

    13
    34
  8. ހުދުހުދު

    އިރާން އިން ސީރިޔާގެ ސުންނީ މުސްލިމުންނަށް ދޭ އަނިޔާ ތައް ހުއްޓާލާކަށް ނޫވޭތަ؟ ކިތައް ކިތައް ސުންނީ މުސްލިމުން ޝަހީދު ކޮށް ކިތައް ހާސް ސުންނީ މުސްލިމުން އެމީހުން ގެދޮރުން ބޭރު ކޮށްފިން. ޝީޔައީން ދުވަހަކު ސުންނީ މުސްލިމުންނަށް ހެވެއް ނޭދޭނެ

    10
    14
    • ޙަސަން

      އަޙްލުއްސުންނާ ވަލްޖަމާޢަތުގެ ޢަޤީދާ އާއި ޚިލާފް އަޤީދާ ގެންގުޅޭ ޝިޔައީންނަކީ ކޮންބައެއްކަން ދިވެހި ސުންނީ މުސްލިމުން އެބަޖެހޭ ދެނެގަންނަން. އޭލެވެލް ނިންމާ ކުއްޖާއަށް މި ކަން ހަމަ އެކަނި މި އެނގެނީ. އެއީ އިސްލާމް ފޮތްތަކުގަ މި މީހުންގެ އަޤީދާގެ ވާހަކަ ހުރީމަ. ކުރުކޮށް ބުނާނަަމަ ޝިޔައީންނަކީ ޢަލީގެ ފާނާއި ފާޠިމަތުގެފާނާއި އެނަސަބުން އައި ބޭކަލުން މާތްކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ ބާޠިލް ފިރުޤާއެއް. އަލީގެފާނާ މަދު ސަޙާބީއަކު ފިޔަވާ އެހެން ސަޙާބީންނަށް ވަރަށް ހަޑިހުތުރު އެއްޗެތި ކިޔާ ބައެއް. ދިރާސާކޮށް ބައްލަވާ. މިކޮމެންޓް ޖަހައިދޭނެކަމަށް އުއްމީދުކުރަން.

      6
      3
      • ހަގީގަތް

        ކީއްކުރާނީ ދިވެހިންނަށް އެވަރު ނޭގޭ. ކިޔައިދޭނެ ބައެއްވެސް މިގައުމުގައި ނޫޅެ. ހުރިހާ ޝެއިހުން ސިޔާސީވެފަ

  9. ފައުޒީ

    އަންނި ދެން ފެންނާނީ އީރާނާ ދެކޮޅަށް މަޖިލީހުން ގަރާރެއް ފާސް ކުރާތަން ???

    21
    2
  10. ސާލިހް

    ހުރިހާ މުސްލިމް ގައުމުތައް އެއްގަލަކައް އަރާފިއްޔާމު ދުނިޔޭގައި މިބައިމީހުން މިހިންގާޖަރީމާތަކެއް ނުހިންގޭނެކަން ހުދު މިބައިމީހުންވެސް ގަބޫލުކުރޭ. އެހެންވެ އަހަރެމެންގެ ތެރެއިން މޮޔަބަޔަކު ހައްލާލައިގެން މިބައިމީހުން އަބަދުވެސް މިއުޅެނީ. މުސްލިމުންނައް އަނިޔާކުރާބަޔަކައް އަޅުގަނޑުމެން ނަފްރަތުކުރަންޖެހޭނެ އަދި އެމީހުންނައްތާއީދު ކުރާބަޔަކީ އަޅުގަނޑުމެންގެ ތެރެއިންވާބަޔެއްނޫން. މުސީބާތްތައް މެދުވެރިވާހިނދު މިފަދަކަންތަކާމެދު ވިސްނާ އަޅުގަނޑުމެން ހެޔޮމަގައްރުޖޫއުވާންޖެހޭ.

    8
    1
    • ބޮޑު އަނގަ

      ކަލޭމެންނަކަށް އެއްގަލަކަށް ނޭރޭނެ. އެއްބަޔަކަށް މުސްލިމު އަނެއް ބަޔަކަށް މުސްލިމުންނޫން. އެއްފަހަރު އީރާނު މުސްލިމު . އަނެއްފަހަރު ކާފަރު . ހަލާކަށް އެދި މިތާ އެބަހުރި އެތައް ބަޔަކު ބަދު ދުއާ ކޮށްފަ. ދޮގެކޭ ބުނެބަލަ

  11. ކާނިވާއިން

    ސާބަހޭ އިރާނުން. މިދިވެހިރާއްޖޭން އިންޑިޔާގެ އަނިޔާވެރިކަން ކުއްވެރިނުކުރާތީ، މިސަރުކާރު ގެ ހަޤީޤީ ކުލަ ފެނިއްޖެ، ވޯޓެއް ނުދެވޭނެ

    16
  12. ޒަމް ޒަމާ ޒަމް

    ދިވެހިރާއްޖެއިން އިންޑިއާ އާ ދެކޮޅަށް ޗުއްޕުވެސް ނުބުނާނެ. ކަޝްމީރުގެ އަނިޔާވެރިކަމާއި ލާއިންސާނީ ޖަރީމާތަކަށްވެސް ނިމުން އަންނެކަން ޤަބޫލްނުކުރެވެނީ ރާއްޖެއާއި އިންޑިއާއަށް އެކަނި.

    14
  13. ޔައުގޫބް

    Mi gaumugaves hunnevee Muslim Verieh, enmehaa Muslim Verinnah heyo dua kurumakee dheenee gothun waajibeh adhi baeh meehun dhakkavamun gendhaa vaahaka akee raajjein India ah keevetho naanganee Muslimunnah kuramun gendhaa aniyaa huttuvumah? Faalhuga manaa nukurieh kamaku, ekan manaa kohfa ovedhaane kaireega indhe ves noony sitee akun viyas mee Kan Kan manaa kurumuga onna enme reethigoi dhen rayyithun vee manaeh nukure e kiyaafa veri meehaayah ehchethi kiyan? Islam dheenuga mulhin manaa kurahvaafaiva kameh ae Muslim Verinnah ehchethi kiyumakee ehenveema Aharemen Muslimun gothuga thibe kohgen vaane kameh noon meeky raajje in manaeh nukure e nueh kere e raajjeyga huree mivana kahala Veri ekey mee ehves haalathehga Muslimaku kohgen vaane Kan kameh noon, namaves Aharemenge verinnah heyo dua kurun mathee dhemi thiben jihey ehenee evrinnah kurevey heyo dua ijaaba vaa hindhu ekamun mulhi gaumah nuhanugina faidhaa thakeh kuraane adhi enmehaa Muslimunnah kuramun gendhavaa aniyaathakun hurihaa Muslimun salaamai kohdhehvumah edhi dua kurun mathee dhemi thibey baeh kamugai Aharemen vaan jihey! Fithuna ufedhey gothah vaahaka thah dhakkavaa ekaku anehkaa dhimaalah ehchihi govaa mi kahala Kan kamun rakkaatherive thibumakee konme Muslimehge ves faraathun fenigendhaane islaamee reethi ahulaagee namoonaaeh.

    • ޢަބްދުއްލަޠީފު

      އެމް.ޑީ.ޕީ މެމްބަރުންނާ އަދިވެސް އެތައްބަޔަކު މައުމޫނަށް ގޮޅާބޯ ގޮވަމުން ދުވި އިރު ތިބޭފުޅާ ކޮބައިތޯ؟ ރައީސް ޔާމީނަށް ވަގަށްގޮވިގޮވީނުން އެއީ ބޮޑު ވަގެއްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވެންދެން އެމްޑީޕީ އާ އެޕާޓީ އަށް ތާއީދު ކުރާ މީޑިއާ ތަކުން ކެނޑިނޭޅި އަދިވެސް އެހެރަދަނީ ފިތުނަ އުފައްދަމުން. ކޮބައިތޯ ތިބޭފުޅާ. މިހާރުވެސް އެތިބީ 37 ބިލިޔަން ރުފިޔާގެ ބޮޑުބިޔަ ބަޖެޓް ހަފުސްކޮށްލައިގެން ކީއްވެގެންތޯ ހަމަ އަޅާވެސް ނުލާ ހުރެފަ މިކަންތައްކުރީ؟ މުނާފިގުންނަށް ރަޙުމަތް ލެއްވުން އެދި ދުޢާ ކުރުން ﷲ އެކަލާނގެ ނަބިއްޔާ އަށް ވެސް މަނާކުރެއްވި. މަކަރާހީލަތުން ވެރިޔެއްގެ އަބުރުކަތިލުމަށްފަހު ވެރިކަމަށް އަރާތިބި ބަޔަކަށް ހެޔޮ ދުޢާ ނުކުރެވޭނެ. އެންމެ އަޚުލާގު ދަށް މީހުން އެތިބީ ގަމާރުން ގިނަވީމަ ވެރިކަމުގަ. އަޞްލަކީ މިއީ. ދެންކިހިނެއް؟

  14. ގަންޖާ

    ރާއްޖޭގެ ބީ.ޖޭ.ޕީ ސަރުކާރުން ބުނަނީ އިންޑިޔާ އަކީ މުސްލިމުންނަށް އެންމެ އޯގާތެރި ޤައުމުކަމަށް.