އެމެރިކާގައި ކޮވިޑް-19 އާދަޔާ ހިލާފަށް ފެތުރެން ފަށައި، ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި 5،854 މީހެއްގެ ގައިން މި ބަލި ފެނިއްޖެއެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެމެރިކާ އިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 19,774 އަށް އަރައިފައެވެ. އަދި މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު 275 އަށް އަރާފައިވާ އިރު، އެ ގައުމުން ރަނގަޅު ކުރެވިފައި ވަނީ 147 މީހުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެމެރިކާ އިން ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އެމެރިކާގެ 69 ސިޓީއަކަށް މިހާރު ވަނީ މި ވައިރަސް ފެތުރިފައެވެ.

ކޮވިޑް-19 އެންމެ ގަދައަށް ފެތުރެމުން އަންނަ ސިޓީތަކުގެ ތެރޭގައި ނިއުޔޯކާއި ވޮޝިންޓަން ހިމެނެއެވެ. ނިއުޔޯކުން މިހާތަނަށް 8،403 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، ވޮޝިންޓަނުން މިހާތަނަށް 83 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެ ސިޓީގައި 124 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ހީނަރުކަން ބޮޑުވެ ބަލި ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަރަށް ބޮޑެތި މަސަތްކަތްތަކެއް ދަނީ ކުރަމުންނެވެ.

ވޮޝިންޓަނާއި ނިއުޔޯކްގެ އިތުރުން ދެން އެންމެ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދަނީ ކެލިފޯނިއާގައެވެ.

ކޮވިޑް-19 ފުރަތަމަ ދުނިޔެއަށް ފެތުރުނު އިރު އެމެރިކާ އިން ބުނަމުންދިޔައީ އެ ގައުމުން ބައްޔައް ތައްޔާރަށް ތިބި ކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނީ އެމެރިކާއިން ވައިރަސް ފެތުރިއްޖެ ހާލަތެއްގައި ކޮންޓްރޯލް ކުރާނެކަމުގެ ބާރު އެބައޮތް ކަމަށެވެ. ޓްރަމްޕް ކުރިން ސިފަ ކުރި ގޮތުގައި މިއީ އާދައިގެ ރޯގާއެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ފެތުރިފައެވެ. މިހާތަނަށް އައިއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު 276,987 އަށް އަރާފައިވާ އިރު، މި ބަލީގައި 11،423 މީހަކު ވަނީ މަރުވެފައެވެ. އަދި 91,986 މީހަކު ވަނީ ބަލިން ސަލާމަތް ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ބަރު ހަތިޔާރުންވާނެ އެއްވެސް ފައިދާއެއް މިބައްޔަކަށްނެތް. ތިވަރުގަދަ ނިއުކްލިއަރ ބޮންތަކަށްވެސް އެވައިރަސްއެއް މަރައެއްނުލެވުނު.. ﷲގެ ކުޅަދުންވަންތަކަން ޤަބޫލްކޮށް އެކަލާނގެއަށް ދުޢާދަންނަވާ ހެޔޮއަމަލްކޮށް ވަކީލްކުރުންނޫންގޮތެއްނެތް.. މިއީ ނަފްސް އިސްލާޙްކުރަން ލިބުނު ފުރުސަތެއްކަމުގައި ބަލާ..

    69
    2
  2. ޫުުއުފާ

    ﷲ އަކްބަރު..ކަލޭ މެން މުސްލިމުން މަރާލާފަ ހަމަ ޖެހިގެން ތިބެވޭނެ ކަމަށް ހީނުކުރާށެވެ.

    44
    2
    • ޒަޔަނިސްޓުން ގޯހީ

      ގޯހީ އެމެެރިކާގަ އުޅޭ ހުރިހާ އާންމު ރައްޔިތުންނެއްނޫން.

  3. ޓްވީޓް

    މިބަލި ނޫނަސް މިޒާތުގެ ބައްޔެއް ޓްރަންޕ އަށް ޖެހޭނެކަމަށް....

    15
  4. އަލްޖިބްރާ

    ކަލޭމެންތީ އަމިއްލައަށް ދުނިޔެއަށް އައިސްގެން އުޅުޅޭބައެއްކަމަށް ކަލޭމެން ހީކުރަމު އުތަ ؟ ހަމަ އެއްކަމެއްވެސް ކަލޭމެނަށް ނުކުރެވޭނެ ! ބައްޔަށް ތައްޔާރުވެފައޭ ކިޔައިގެން ފޮނިކެޑި މޮޔަ ވެރިމީހާ ކޮބާ ؟ ޖާހިލުންގެ ތެރޭންވެސް އެމެރިކާގެ ބައެއްމީހުންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއް ! ކަލޭމެން ނާއި އިންޑިއާ ގެ ވަކިބަޔަކާއި އިޒްރާއީލުން ދުނިޔޭގެ ހުރިހާ މުސްލިމުން މަރާހުސްކުރަން ނިންމިއަސް އެކަން އެގޮތަށް ނުކުރެވޭނެކަން ކަލޭމެނަށް ﷲސުބްޙާނަޙޫ ވަތަޢާލާ މިހާރު އެގެންދަވަނީ ދައްކަވަމުން ! ކަލޭމެން މިކަމުން ޢިބްރަތެއް ހާސިލް ކުރުން މާ ހެޔޮކަން ބޮޑު !