ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ފަރުވާ ދިނުމުގެ ގޮތުން ސްޕެއިންގެ ހުރިހާ ހޮޓެލްތަކެއް ހުސްކޮށް، ހޮސްޕިޓަލްތަކަށް ބަދަލު ކުރުމަށް އެގައުމުން ނިންމައިފިއެވެ.

ސްޕެއިންގެ ސަރުކާރުން ނިންމާފައިވަނީ ފަތުރުވެރިން ގޮސް މަޑު ކުރާ ހޮޓެލްތަކުގެ އިތުރުން ކުރު މުއްދަތަކަށް ފަތުރުވެރިން ގޮސް ތިބޭ ގެސްޓް ބަންދު ކުރުމަށެވެ. އެގޮތުން މިހާރު އެގައުމުގެ ސަރުކާރުން ވަނީ ގްރެގޯރިއޯ މަރަނޮން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ބައެއް ބަލި މީހުން ގްރެން ހޮޓެލް ކޮލޮން އަށް ބަދަލު ކޮށްފައެވެ.

މީގެ އިތުރުން ވެސް އެހެން ހޮޓެލްތަކަށް ބަލި މީހުން ބަދަލު ކުރުގެ މަސައްކަތް މިހާރު އެގައުމުން އަންނަނީ ކުރަމުންނެވެ.

އެގައުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ މިކަމުގެ ސަބަބުން ތޮތް ޖެހިފައިވާ ހޮސްޕިޓަލްތަކަށް ނިމުމެއް އައިސް އެނދުގެ ދަތި ކަން ނިމިގެން ދާނެ ގަބޫލު ކުރެވޭތީއެވެ.

މިގޮތަށް ނިންމި ކަމުގައިވިއަސް ކަރަންޓީން ކޮށްފައިވާކަން ދަނެގެން އެކަމަށް އެއްބާރުލުންދޭ، ދިގު މުއްދަތަކަށް ހޮޓެލްތައް ހިފައިގެން ތިބި ފަތުރުވެރިންނަށް އެތަންތަނުގައި ތިބެވޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ސްޕެއިން އިން މިހާތަނަށް 24،926 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު އެގައުމުން މި ބަލި ޖެހިގެން މަރުވި މީހުން އަދަދު ވަނީ 1،326 އަށް އަރާފައެވެ. އަދި އެ ބަލި ޖެހިގެން އެގައުމުން 2،125 މީހަކު ވަނީ ރަނގަޅުވެފައެވެ.

ޗައިނާގެ ވުހާން ސިޓީން ފުރަތަމަ ފެތުރެން ފެށި މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ 186 ގައުމަކަށް ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭން

    އަދިވެސް އިންޑިޔާ އިން ނުހުޓުވާތި ނުވޫތަބަކަށް އެމީހުން ގެނެސް ގުޅީފަޅަށް ވެސް އަޅާތި. މސަރުކާރު އިންޑިޔާއިން ކޮންޓްރޯލް ކުރާވަރު މީގެން ވެސް އިނގޭނެ