މިސްރުގެ ހުރިހާ މިސްކިތްތަކެއް ބަންދުކޮށްފިއެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މިސްރުގެ މިސްކިތްތަކާއި ކްރިސްތިއަން ދީނުގެ މީހުން އަޅުކަން ކުރުމަށް ދާ ޗާޗު (ފައްޅި) ތައް ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމަވައިފިއެވެ.

މިސްރުގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ކޮވިޑް-19 ވައިރަސް ހަލުވިކަމާއި އެކު ފެތުރެމުން ގެންދާ މި ދަނޑިވަޅުގައި މިސްރާއި އަވަށްޓެރި މުސްލިމް ގައުމުތަކުން މިސްކިތްތައް ބަންދު ކުރި ފަދައިން މިސްރުގެ ސަރުކާރުންވެސް ކަންތައް ކުރުމަށް އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް ގޮވަމުން އައި ދަނޑިވަޅެއްގައެވެ.

މިސްރުގެ އިސްލާމިކް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި މިސްކިތްތައް ބަންދު ކުރަން ނިންމާފައި ވަނީ 2 ހަފްތާ އަށް ނަމަވެސް، ކޮންމެ ދުވަހަކުވެސް 5 ނަމާދަށް މިސްކިތްތަކުގައި ބަންގި ދޭނެއެވެ. އެއީ ނަމާދު ވަގުތު ވެއްޖެކަން އަންގައިދިނުމުގެ ގޮތުންނެވެ.

އެ ގައުމުގެ އެކި ހިސާބުތަކުގައި 1 ލައްކަ އަށް ވުރެން ގިނަ މިސްކިތްތައް ބިނާކޮށްފައި ހުރިއިރު، މަޝްހޫރު އަލް އަޒްހަރު މިސްކިތްވެސް ބަންދު ކުރެވިގެން ދާނެއެވެ. މި ނިންމުމާއި އެކު އެ ގައުމުގެ ކްރިސްތިއަން ދީނުގެ އިސް ވެރިންވެސް ވަނީ އާއްމުންނަށް ވަކި އެއްޗެއް އަންގަންދެން ފައްޅިތަކަށް ނުދިއުމަށް އަންގާފައެވެ.

މިސްރުގައި މިހައިތަނަށް 285 މީހަކު ކޮވިޑް-19 ވަައިރަސް އަށް ފައްސި (ޕޮސިޓިވް) ވެފައިވާއިރު، 8 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    މިގަައުމުން ނުކުރޭތަ އަދިވެސް!

  2. ޙިލާފު

    ބުނަންތޯ މިގޮތަށް ބަލިމަޑުކަމުގައި ކަންކުރުމަކީ ސުންނަތުން ސާބިތުވާ ކަމެއްކަމަށްވީއިރު މިދުވަސްކޮޅު މިސްކިތް ބަންދުކުރުމާ ދެކޮޅު ކޮންމެ މީހަކީ ސުންނަތާ ޙިލާފު، އެބަހީ ދީނާ ޙިލާފުވެދާނެ މީހެއް! އަދި އެކަމަށް ހަޖޫ ޖަހާ ދެކޮޅު ހަދާނަމަ އެދެކޮޅު ހެދެނީ ދީނާ، ހަޖޫ ޖެހެނީ ސުންނަތާ! މިކަމާއިމެދު ވިސްނަވާ ފިކުރުކުރައްވާ!

  3. ކަހެރުވައް

    ތީ އިޒްރޭލުން އެންގި ގޮތް ކަމަށް ވާނީ